ކައިވެނީގެ އެއްބަސްވުމާ ޚިލާފްވެއްޖެނަމަ ރޫޅާލަން އެއްވެސް ހުރަހެއް ނެތް! ދީފަހުރި އެއްވެސް އެއްޗެއް އަނބުރާ އަތެއްވެސް ނުލެވޭނެ!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކައިވެނީގެ އެއްބަސްވުމާ ޚިލާފްވެއްޖެނަމަ ރޫޅާލަން އެއްވެސް ހުރަހެއް ނެތް! ދީފަހުރި އެއްވެސް އެއްޗެއް އަނބުރާ އަތެއްވެސް ނުލެވޭނެ!: ޝައިޚް ޢާޞިމް އަލްޙަކީމް

ކައިވެނީގެ ރަސްމިއްޔާތުގައި ކައިވެނިކުރަން އެއްވެސް ޝަރުޠެއް ހުށަހަޅަންތޯ އިމާމުން ސުވާލުކުރާނެއެވެ. އެވަޤުތު އަންހެން މީހާ ހުށަހަޅަނީ ފިރިމީހާ ދެވަނަ ކައިވެންޏެއް ނުކުރުމަށެވެ. ފިރިހެންމީހާ އެޝަރުޠު ޤަބޫލުކޮށް ކައިވެނިކުރަނީއެވެ. ކައިވެނީގެ އެއްބަސްވުމުގައި އެވާހަކަ ލިޔެވިފައި އޮންނާނެއެވެ. 

ކައިވެނީގެ ރަނަކަށް އަނބިމީހާއަށް ބޮޑު ގެއެއް ދިނީއެވެ. ކައިވެނިމަތީގައި ދިރިއުޅެމުން އައިސް ފިރިމީހާ ކޮންމެވެސް އަންހެނަކު ދެކެ ލޯބިވަނީއެވެ. ފާފައެއް ނުކުރަންވެގެން ކައިވެނިކުރަނީއެވެ. އެޙާލަތުގައި އެކައިވެނި ޙަލާލްވެސްވާނެއެވެ.  

މައްސަލައަކަށްވަނީ އަނބިމީހާ އެކަމަށް ނުރުހި ކައިވެނި ރޫޅާލަން ބޭނުންވުމެވެ. އެޙާލަތުގައި ކައިވެނީގެ ރަނަށް ދިން ގެ އަނބުރާ ދިނުމަށް އެބަ އެދެއެވެ. ބުނަން ހެއްޔެވެ؟ ކައިވެނި ރޫޅައިވެސް ލެވޭނެއެވެ. އެއީ ކައިވެނީގެ އެއްބަސްވުމާއި ޚިލާފްވީތީއެވެ. އަދި ކައިވެނީގެ ރަނަށްދިން ގެ ނުވަތަ ގެއިން ބައެއްވެސް އަނބުރައެއް ނުލިބޭނެއެވެ. ސަބަބަކީ އެއްބަސްވުމާއި ޚިލާފްވީތީއެވެ.  

މިހުރީ ދެމީހުންވެސް ހޭލުންތެރިވާންޖެހޭ ކަންކަމެވެ. އަނެކާގެ ކިބައިން ތިމާ ބޭނުންވާ ކަންކަން ކައިވެނީގެ އެއްބަސްވުމުގައި ހިމަނާށެވެ. އެކަންކަން ކައިވެނީގެ އެއްބަސްވުމުގައި ޑޮކިޔުމަންޓްކުރުވާށެވެ. އެއިރުން ފަހުން ބަދަލުގެންނަން ބޭނުންވިޔަސް އަނެކާގެ ރުހުމާއި ނުލައި ބަދަލެއް ނުގެނެވޭނެއެވެ. އަދި ކައިވެނީގެ ރަނާއި އެކުގައި އުޅުނުއިރު ދީފައި ހުރި އެއްވެސް އެއްޗެއް އަނބުރައި އަތެއްވެސް ނުލެވޭނެއެވެ. އެއްބަސްވުމާއި ޚިލާފްވީތީ ފިރިންނަށް ޖެހޭނީ އެހުރިހާ އެއްޗެއް ދޫކޮށްލާށެވެ!

 

- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން