ތިމާގެ ސަބަބުން ކިތައް މީހުންނަށް އަނިޔާއާ ހިތްދަތިކަން ލިބެމުންދާ ކަމާއިމެދު ވިސްނާނުލާނަމަ ތިއައީ އަނިޔާވެރިއެއް! ޤިޔާމަތް ދުވަހު ހިތާމަކުރަން ނުޖެހި ނުދާނެ!: ޝައިޚް އާދަމް ޝަމީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ތިމާގެ ސަބަބުން ކިތައް މީހުންނަށް އަނިޔާއާ ހިތްދަތިކަން ލިބެމުންދާ ކަމާއިމެދު ވިސްނާނުލާނަމަ ތިއައީ އަނިޔާވެރިއެއް! ޤިޔާމަތް ދުވަހު ހިތާމަކުރަން ނުޖެހި ނުދާނެ!: ޝައިޚް އާދަމް ޝަމީމް

ތިބާގެ ސަބަބުން ކިތައް އިންސާނުން ހިތްދަތިވެ ހިތާމާއިގަ އެބަ ހޭދަކުރޭތޯ؟ ވިސްނާބަލާށެވެ. ތިބާގެ ސަބަބުން ކިތައް އިންސާނުނަށް އިނިޔާ ލިބެމުންދޭތޯ؟ ތިބާގެ ސަބަބުން ކިތައް އިންސާނުންގެ ޙާއްޤު ބީވެގެން އެބަ ދޭތޯ؟ ވިސްނާލަބަލާށެވެ! ތިބާ ކައިގެން ބޮއެގެން މިދުނިޔޭގަ އެންޖޯއި ކުރާއިރު މީ ކުޑަ ވަޤުތުކޮޅެއްކަމާއިމެދު ވިސްނައިލާށެވެ! އެކަމު ޤިޔާމަތް ދުވަހު ތީ އަނިޔާވެރިއެއެއްކަން ދަންނާށެވެ!

ކިތައް ކިތައް ފިރިންތޯ އެމީހުންގެ އަނބިންނަށް އަނިޔާވެރިވަނީ؟ އެކަނބުލޭގެ މުޅި ޙަޔާތް ބަރުބާދު ކޮށްލީ؟ ކިތައް އަނބިންތޯ ކިތައް ފިރިން، ކިތައް ފިރިހެނުންގެ ދިރިއުޅުން ބަރުބާދު ކޮށްލީ؟ 

މިއީ ދެން އެއްވެސް ކަމެއް ނޫން މިއަދު އަޅުގަނޑުމެންގެތެރޭގަ. ސުބުޙާނަﷲ. ތިބާ ކުޑަދުވަސްކޮޅަކު ކައިބޮއި އުޅެވޭނީ. ދުވަސްކޮޅަކު މީހުންގެ ޙައްޤުތައް ނިގުޅައިގެންފަ އުޅެވޭނީ. ތިބާއަކީ މުޖުރިމެއް. ﷲ ގެ ޙަޒްތަރަތަށް ދާންޖެހޭ ދުވަސް ހަނދާން ކުރާތި. ކިތައްކިތައް ޔަތީމުންނާއި މިސްކީނުންގެ ލޮލުންތޯ ތިބާގެ ސަބަބުން ކަރުނަ އޮހޮރިގެން ދިޔައީ؟ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް. ޙަޔާތް ހަމަ ވޭތުކުރާކަށް ނުވާނެ ނަޢަމްސޫފިގޮތަށް ކައިގެން ބޮއެގެން އައްޔާޝީ ކުރުމުގަ. 

އެހެނީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ މި އުމަތް ދެކެ ލޯބިވެވަޑައިގަންނަވާތީ، އެކަލޭގެފާނު އަޅުގަނޑުމެންނާ މެދުގަ ކަންބޮޑުވެ ވަޑައިގަންނަވާތީ އަސްޙާބު ބޭކަލުންނަށް އެހާ ބޮޑެތި އިންޒާރު ދެއްވެވީ. އަޅުގަނޑުމެންނަށް އެ އިންޒާރު ފޯރުކޮށްދެއްވެވީ. ޞަޙާބީން އެއްކުރައްވާ ޙަދީޘް ކުރައްވަވީ --- " ކަލޭމެންނަށް އިނގޭހޭ މުފުލިސް އަކީ ކޮބައިކަން." އެބޭކަލުން ދަންނަވަނީ (އަރަބި) " ތިމަންމެންގެ ތެރޭގަ މުފުލިސަކީ (އަރަބި) އެމީހެއްގެ އަތުގައި ދީނާރެއް ދިރުހަމެއް އެއްވެސް އެއްޗެއް ނެތް ފަޤީރު ނިކަމެތި މީހާއެވެ." ހަދީޘް ކުރައްވަނީ (އަރަބި)" ތިމަންކަލޭގެފާނުގެ އުއްމަތުގެ މުފުލިސުންނަކީ އަތުގަ ފައިސާ ފޮއްޗެއް ލާރިއެއް ނެތް ފަޤީރުންނެއް ނޫނެވެ. އެކަމަކު --- ޤިޔާމަތްދުހުން ނަމާދާއި ޒަކާތާއި ރޯދައާއި ޙާއްޖާއި ބައިވަރު ހެޔޮ ކަންތައްތައް ހިފައިގެން އަންނަ މީހުންނެވެ." --- އޭނަ އަންނާނީ އެކަމަކު ---- މީންދަ މީހާއަށް ހަޑި އެއްޗެހި ކިޔާފަ ---- އޭންދަ މީހާގެ ބޮލުގަ އިލްޒާމް އަޅުވާފަ ގަޒަފް ކޮށްފަ. ---- މީނަގެ މުދާ ނަހައްޤުން ކައިފަ ---- އޭންދަ މީހާގެ ލޭ ނަހައްޤުން އޮހޮރުވާފަ ---- މިވެނު މީހެއް ގައިގަ ޖަހާފައެވެ." 

ދެން ކަންތައް ވާނެ ގޮތް ވިސްނަވާ. --- " އޭނާގެ ޙައްޤު އޭނާއަށް ދެވޭނެ، މީނާގެ ޙައްޤު މީނާއަށް ދެވޭނެ. އޭނާގެ އެއްކަލަ ނަމާދާއި ރޯދައާއި ޒަކާތާއި ހެޔޮ ޢަމަލުތައް މާތް ﷲ އެ މަޒްލޫމުންގެ މެދުގައި ބައްސަވާނެއެވެ." ---- " އެބައިމީހުންގެ މައްޗަށް ވާ ޙައްޤުތައް އަދާ ނުކުރެވެނީސް އޭނާގެ ހެޔޮކަން ހުސްވެއްޖެނަމަ (އަރަބި) އެބައިމީހުންގެ، އަނިޔާ ލިބުނު މީހުންގެ ފާފަތައް ﷲ ނަންގަވާނެ. ---- އެއްކަލަ އަނިޔާވެރިޔާގެ ބޮލަށް ޖައްސަވާނެއެވެ." ---- " ދެން އެކަލޭގެ ނަރަކައަށް އެއްލާލައްވާނެ."

 

- ޝައިޚް އާދަމް ޝަމީމް

މިއަދު އޮންލައިން