ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާ ތަހުޤީގުކުރުމަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެއަށް

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާ ތަހުޤީގުކުރުމަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެއަށް

މިމަހުގެ 12 ވަނަ ދުވަހު ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާ ތަހުޤީގުކުރުމުގައި އެހީތެރިވުމަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

ކޮމިޝަނަރ އަލީ ޝުޖާއު ވިދާޅުވިގޮތުގައި، މި ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުޤީގުގައި އެހީތެރިވުމަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޚާއްސަ ޓީމެއް މިހާރު ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުންދެއެވެ. މި އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަޙްޤީގެއް ކުރާނެކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، ބޭރުގެ ތަހުޤީގީ ޓީމާއެކު ކުރެވޭ މަސައްކަތުން ހާދިސާ ހިނގައިދިޔަ ގޮތް ދެނެގަނެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ފުލުހުން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާ ކުރުމަށްވެސް އެ މުޢައްސަސާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިމަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއާއި އިމާރާތްކުރުކާއި ބިނާރާބެހޭ ވުޒާރާ ހިންގަމުންދިޔަ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. އަދި އެ އިމާރާތާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގައިވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.


މިއަދު އޮންލައިން