ލޮބުވެތި ކަނބަލުންނޭވެ! ޢާއިލާގެ އިސްމީހުންނާ ބައްދަލުވުމުން ލަދުވެތިޥާންޖެހޭ ފަދަ ފޭރާންލާއިރު ﷲ ތަޢާލާ ތިބާއަށް ބައްލަވައި ވޮޑިގެންވާކަން ނުއެނގެނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ލޮބުވެތި ކަނބަލުންނޭވެ! ޢާއިލާގެ އިސްމީހުންނާ ބައްދަލުވުމުން ލަދުވެތިޥާންޖެހޭ ފަދަ ފޭރާންލާއިރު ﷲ ތަޢާލާ ތިބާއަށް ބައްލަވައި ވޮޑިގެންވާކަން ނުއެނގެނީ ހެއްޔެވެ؟

ބައެއް ކަނބަލުންނަށް ޢާއިލާގެ އިސްމީހުން ނުވަތަ މުދައްރިސުން ފެނުމުން ލަދުން ހެދުމަށް ދަމައި ތިރިކުރަން އުޅޭތަން ފެނެއެވެ. އެމީހުންނާއި މޫނު ދިމާނުކުރަން މަސައްކަތްކުރާތަންވެސް ފެނެއެވެ. އެކަމުން އެނގެނީ ލައިގެން ހުރެވޭ ފޭރާމާއިމެދު ޚުދު ތިބާވެސް ކަންބޮޑުވާ ކަމެވެ. އެހެންކަމުން އަހުރެން ތިއަ ކަނަބލުންނާއި އަބަދުވެސް ކުޜާ ބައެއް ސުވާލުތައް މިރޭވެސް ކޮށްލާނަމެވެ.  

ފުރަތަމަ ކަމަކަށް އަހަރެމެން ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނީ އެމީހަކީ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވިފައިވާ މީހަކަށްވުމަށެވެ. އަދި ސުވަރުގޭގައި ރަސޫލް އާއި އެންމެ އަރިއަހުގައިވާ މީހަކަށްވުމަށެވެ.  

އަހަރެމެންނަށް ސުވަރުގެ ވަދެވެން އޮތީ ރަސޫލް އަށް ޤިޔާމަތް ދުވަހު ދެއްވަވާ އާރުން ރަސޫލް ގެ އަތްޕުޅުން ފެންބޯން ލިބިގެންނެވެ. ވީމާ އެކަން ޙާޞިލްކުރެވޭނެ މީހަކަށްވާން ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ.  

ދެން ވިސްނައިލާށެވެ. މިބަސް ޚާއްޞަމިކުރަނީ ލޮބުވެތި އުޚުތުންނަށެވެ. މިއުޅެނީ ކުރިނަ ބުނިތަނުން ސުވާލެއް ކޮސްލާށެވެ! ތިބާމެން މަގުމައްޗަށް ނުކުމެ ތިއައުޅެނީ މަގުމަތިން ރަސޫލް އާއި ބައްދަލުވެއްޖެނަމަ ކުރިމަތިލެވޭނެ ގޮތަށް ފޭރާން ލައިގެންހެއްޔެވެ؟ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ފޭރާންލައިގެން ހެއްޔެވެ؟  

އަހަރެމެންނަށް މިދުނިޔޭގައި ﷲ ތަޢާލާ އެއް ނުފެންނާނެއެވެ. އެނިޢުމަތް ލިބެން އޮތީ ސުވަރުގެ ވަދެވިއްޖެނަމައެވެ. އެހެނެއްކަމަކު އަހަރެމެން ދުނިޔޭގައި ކުރާ ހުރިހާ ކަންކަން ﷲ ތަޢާލާ ހަމަ ވަޤުތުން ދެކެދެނެވޮޑިގެންވެއެވެ. މިވަޤުތު ތިބާ ފޭރާންލައިގެން ހުރި ގޮތްވެސްމެއެވެ. އަދި ލައިގެންހުރި ފޭރާންވެސްމެއެވެ.  

ދެން މިބުނެލަނީ ހުރިހާ އެންމެންނަށެވެ. ތިއަބައިމީހުން ފާފަތައްކުރާއިރު ވިސްނައިލަމުހެއްޔެވެ؟ ތިބާ ގެ ކުރިމަތީގައި ﷲ ތަޢާލާ ވޮޑިގެންވާތަން ތިބާއަށް ފެންނަނަމަ ތިބާ ހަމަ އެފާފަކުރާނަން ހެއްޔެވެ؟  

މިއީ އަހަރެމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ކުރިން ބުނިފަދައިން އަހަރެމެންގެ ލޯތަކަށް ﷲ ތަޢާލާ ނުފެނުނު ނަމަވެސް ﷲ ތަޢާލާ އަހަރެމެން ދެކެދެނެވޮޑިގެންވެއެވެ. އަހަރެމެން ކުރާ ކޮންމެ ޢަމަލެއް ދެކެދެނެވޮޑިގެންވެއެވެ.  

ވީމާ ބިރުވެތިވާށެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ޙަޟްރަތުގައި ތިމާގެ އެއްވެސް ބާރެއް ނެތި ހުއްޓިހުންނަން ޖެހޭނެ ވަޤުތާއިމެދުގައެވެ. ފާފަތައް ކޮށްފައި މިއަދު ބަހަނާތައް ދެއްކިދާނެއެވެ. ނަމަވެސް އެދުވަހު ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. އެމީހަކު ކުޅަހައި ކަމަކަށް އެމީހެއްގެ ގުނަވަންތައް ހެކިދޭނެތީއެވެ.  

އަދި ބުނަން ހެއްޔެވެ؟ ފާފަކުރަން ދެވިހިފާފައިވާ މީހަކުނަމަވެސް މިމޭރުމުންވިސްނައިފިނަމަ ފާފަކުރެވުމުން ސަލާމަތްވެވޭނެއެވެ. އެއީ އެމީހަކު ކުރާ ފާފަ ﷲ ތަޢާލާ ވަޤުތުން ދެކެދެނެވޮޑިގެންވާކަމާއި ބައްލަވައިވޮޑިގެންވާކަން ހިތަށް ގެނައުމެވެ! އެކަންކަން ހިތަށް ގެނެވިއްޖެނަމަ ފާފަކުރުން ހުއްޓާލައި ފާފަކުރުމާއި ދުރުހެލިވެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން