ތިމާގެ ޙާލަތަށް ހެޔޮބަދަލަކަށް އެދޭބަދަލުގެންނަން ޖެހޭނެ ކަންކަން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިމާގެ ޙާލަތަށް ހެޔޮބަދަލަކަށް އެދޭބަދަލުގެންނަން ޖެހޭނެ ކަންކަން-: މުފްތީ މެންކް

ހެޔޮ ބަދަލުގެ ވާހަކަދައްކާއިރު ކޮންމެ މީހަކުވެސް އަބަދުވެސް ހުންނާނީ ހެޔޮ ބަދަލަކަށް އެދިއެދިއެވެ. އެއީ ހަމައެކަނި ފަޤީރުކަމާއި ގުޅިފައިވާ ކަމެއް ނޫނެވެ. އެންމެ ތަނަވަސް މީހުންވެސް ތިބޭނީ ހެޔޮ ބަދަލަކަށް އެދިއެދިއެވެ. އަދި އުޅުމާއި އަޚްލާޤާއި ތަޤްވާވެރިކަމަށްވެސް ހެޔޮ ބަދަލު އަބަދުވެސް ބޭނުންވާނެއެވެ.   

ހެޔޮބަދަލަކަށް އެދޭމީހާ އޭނާގެ ބޭރުފުށުގެ ސިފައަށް ގެންނަ ބަދަލަކުން އަދި ނުފުދެއެވެ. ތިމާއަކީ މުސްލިމެއްކަން ބަޔާންކޮށް މީސްތަކުންނަށް ދެއްކުމަށްޓަކައި ލާފޭރާމާއި އެނޫންވެސް ގޮތްގޮތުން މީހާގެ ސިފައަށް ބަދަލު ގެނައުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް އެވަރަކުން އަދި ނުފުދެއެވެ. 

އަހަރެމެންގެ ހިތަށާއި ކުރާ ޢަމަލުތަކަށް ބަދަލުގެންނަން ޖެހޭނެއެވެ. ދުލުން ބުނާ ބަސްތަކަށް ބަދަލުގެންނަން ޖެހޭނެއެވެ. ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރަންޖެހޭނެއެވެ. ދުލުން ހެޔޮބަސްތައް ބުނުމާއިއެކު ޛިކުރުކުރުން ގިނަކުރަންޖެހޭނެއެވެ. އެހެންމީހުންނާ މުޢާމަލާތުކުރާއިރު އޮގާތެރިވެ ތެދުވެރިވާން ޖެހޭނެއެވެ. 

ކައިބޮއިހަދާއިރު ރިޒުޤް ދެއްވެވިފަރާތްމަތިން ހަނދުމަކޮށް ޝުކުރުކުރަންޖެހޭނެއެވެ. މަގުމައްޗަށް ނުކުމެއްޖެނަމަ މަގުމަތީގެ ޙައްޤުތައް އަދާކުރަންޖެހޭނެއެވެ. މުސްލިމުންނާއި ބައްދަލުވުމުން ދީނުގައިވާ މަގުން ސަލާމްކޮށް އެކަކު އަނެކަކަށް ހެޔޮދުޢާކުރަންވާނެއެވެ. 

ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަން އެދޭމީހާ ނިކަން މިކަންކަމަށް ސަމާލުކަންދީގެން ދިރިއުޅެން މަސައްކަތް ފަށައިބަލާށެވެ! ދިރިއުޅުމަށް ހެޔޮ ބަދަލުތައް އަންނަތަން ފެނިގެންދާނެއެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން