މައިންބަފައިންކުރެ މީހަކަށް ހަކުރުބަލި ޖެހުމުން ދަރިން ކަންބޮޑުވެއެވެ. ބޭސްވެސް ކޮށްދެއެވެ. ހަމައެއާއިއެކު އެމީހުންގެ ހިތުގައި ޖެހޭނެ ފަދަ ކަންކަންވެސް ކުރެއެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ.
ސަބަބަކަށްވަނީ މައިންބަފައިންގެ ހިތުގައި ޖައްސުވާނަމަ އެމީހުން ތިބޭނީ ވަރަށް ދެރަވެފައެވެ. އެކަމަށް އަބަދުހެން ވިސްނާނެއެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންގެ ހަށިގަނޑުގައި ހުންނަ ހަކުރުގެ ލެވެލް ދާނީ މަތިވަމުންނެވެ. ޚާއްޞަކޮށް ނިދީގައި އެކަން ކުރިމަތިވުން ބޮޑުވާނެއެވެ.
އެކަމުގެ ނަތީޖާއަކަށްވަނީ ކުރާ ބޭހުން ލިބެންވާ ފައިދާ ނުލިބުމެވެ. ލެވެލް ތިރިނުވާތީ ދޭންޖެހޭ ޑިޒް އިތުރުކުރަމުންގޮސް އިންސުލިން ޖަހަން ޖެހޭ ޙިސާބަށް ކަންކަން ދިއުމެވެ.
ވީމާ މިކަމަކީ ދަރިން ވަރަށް ބޮޑަށް ވިސްނައި ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. ހަކުބައްޔަށް ބޭސްކުރަންޖެހޭނަމަ މިބަޔާންކުރި ޙާލަތަށް ސަމާލުކަންދޭންވާނެއެވެ. އެމީހުންނަށް ހިތްޖަހެހުން ހޯދައިދޭންވާނެއެވެ. ހިތުގަ ނުޖައްސުވައި ގެންގުޅެން ސަމާލުކަންޑޭންވާނެއެވެ. ކުރާ ބޭހުގެ ފައިދާ ފެންނާނީ އެއިރުންނެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު