ލިބޭ މުސާރައިން ދެކޮޅު ނުޖެއްސިގެން ކަންބޮޑުވާންޖެހޭ ސަބަބު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ލިބޭ މުސާރައިން ދެކޮޅު ނުޖެއްސިގެން ކަންބޮޑުވާންޖެހޭ ސަބަބު-: މުފްތީ މެންކް

މުސްލިމުންނަށް އޮތް ވާޖިބްތަކުގެ ތެރެއިން އެންމެ ބޮޑު އެއްވާޖިބަކީ ލިބޭ އާމްދަނީ ޙަލާލްކުރުމެވެ. އެއީ ތިމާއަށް ޙައްޤު އާމްދަނީއަކަށް ހެދުމެވެ. ނަމަވެސް މިއަދު އެކަމަށް ސަމާލުކަންދެވެނީ ހާދަމަދު މީހަކަށެވެ. 

މަސައްކަތުގަޑީގަ އަމިއްލަ ކަންކަމުގަ ސޯޝަލް މީޑިއާގަ ހޭދަކުރާ ވަޤުތުގެ މުސާރަ ޙަލާލެއް ނުވާނެއެވެ. މަސައްކަތުގެ ވަޤުތުގައި ކެއިން ބުއިމަށް ކަނޑައަޅާފައިވާ ވަޤުތައްވުރެ ގިނަ ވަޤުތު ބޭކާރު ގޮތުގައި ހޭދަކުރާނަމަ އެވަޤުތުގެ މުސާރަ ޙަލާލެއް ނުވާނެއެވެ. ވީމާ މަސައްކަތު ގަޑީގައި އަމިއްލަ ފޯނު ބޭނުންކުރަންވާނީވެސް ވީހާމަދުންނެވެ. ކޮންމެހެން ބޭނުންކުރަންޖެހޭ ޙާލަތުގައެވެ.   

އެނގޭހެއްޔެވެ؟ ގަޑިޖެހިގެން ހިނގައްޖެނަމަ އިސްކޮށް ހުރި މީހާގެ ގާތުގައި އެވާހަކަ ބުނެ މާފަށް އެދެންވާނެއެވެ. އޭނާ މާފުކޮށްފިނަމަ އެމައްސަލަ ނިމުނީއެވެ. ނަމަވެސް ވިސްނާށެވެ. އެކަން ތަކުރާރުވާނަމަ މާފުކުރަން އުނދަގޫވާނެއެވެ.  

މިކަންކަމަށް ބަލައި ބުނަންޖެހެނީ ތިބާ މަސައްކަތްކުރަންޖެހޭ ވަޤުތުގެ ތެރެއިން އަމިއްލަ ކަންކަމަށް ހޭދަކުރެވުނު ވަޤުތުގެ ބަދަލުގައި މަސައްކަތްކުރުވާ ފަރާތަށް ފައިދާކުރާނެ މަސައްކަތްކުރުމުގައި އިތުރު ވަޤުތު ދޭންވާނެއެވެ. އިތުރުގަޑީގެ ގޮތުގައި އުޖޫރަ ނަގަންޖެހޭނީ މިކަންކަމަށް ބަލައިގެންނެވެ. އިތުރު ގަޑި ބަަލންޖެހޭނީ ތިމާގެ އަމިއްލަ ކަންކަމަށް ހޭދަކުރި ވަޤިުތުތައް ކަނޑައިފައެވެ.  

މުސާރަ ލިބުނަސް އަތަށް ފައިސާއެރިނަމަވެސް ކުރިން ކުރަންޖެހިދާނެ ކަމަށް ހީވެސް ނުކުރެވޭ ޚަރަދުތައް ކުރަންޖެހި ލިބޭ މުސާރައިން ދެކޮޅު ނުޖެހިގެން އުޅެންޖެހޭ އެއް ސަބަބަކީ ލިބުނު މުސާރަ ޙަލާލް ނުވުމެވެ. އެހެންވެ ލިބުނު ފައިސާގައި ބަރަކާތް ނުލެއްވެވުމެވެ. މުސާރަ ގުޅިފައިވަނީ ރިޒުޤާއިއެވެ. ވީމާ ފުރަތަމަކަމެއްގެ ގޮތުންވެސް ކައިބޮއި ހަދަނީ ޙަލާލް ރިޒުޤްކަން ޔަޤީންކުރާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން