ފިރިހެނުން ހުދުހެދުން ލުމަކީ ސުންނަތެއް ހެއްޔެވެ؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ފިރިހެނުން ހުދުހެދުން ލުމަކީ ސުންނަތެއް ހެއްޔެވެ؟

ފިރިހެނުން ހުދުހެދުން ލުމަކީ ސުންނަތެކެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ އެކަމަށް ބާރު އަޅުއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «البَسُوا البَيَاضَ فَإِنَّهَا أَطْهَرُ وَأَطْيَبُ» [رواه الترمذي (2810) وصححه ابن حجر (انظر: فتح الباري (3 / 135))]

މާނައީ: "ތިޔަބައިމީހުން ހުދުހެދުން ލާށެވެ. ފަހެ ހަމަކަށަވަރުން އެއީ ޠާހިރުކަން ބޮޑު އަދި ރަނގަޅުވެގެންވާ ހެދުމެކެވެ."  

މީގެ އިތުރުން ފެހިކުލައާއި ކަޅުކުލަ އަދި އެނޫން އެތައް ކުލައެއްގެ ހެދުންވެސް އެކަލޭގެފާނު ތުރުކުރެއްވިކަން ޘާބިތުވެއެވެ. 

[ބައްލަވާ: لباس الرجل لـ أ.د. ناصر بن محمد الغامدي (1 / 202 - 215)] 

┈┈┈••️••┈┈┈ 

އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ  

މިއަދު އޮންލައިން