ނިދުމުގެ ކުރިން ދެމަފިރިންގެ މައްސަލަތައް ޙައްލުކުރުމާ އެންމެންގެ މައްޗަށް ހިތްސާފުކޮށްގެން ނިދުން- އުފާވެރި ދިރިއުޅުމަކަށާ ސުވަރުގެ ލިބުން އެދިގެން ކުރަންޖެހޭ 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ނިދުމުގެ ކުރިން ދެމަފިރިންގެ މައްސަލަތައް ޙައްލުކުރުމާ އެންމެންގެ މައްޗަށް ހިތްސާފުކޮށްގެން ނިދުން- އުފާވެރި ދިރިއުޅުމަކަށާ ސުވަރުގެ ލިބުން އެދިގެން ކުރަންޖެހޭ 2 ކަމެއް!

ނިދަން އޮށޯތުމަށްވެސް އަދަބުތަކެއްވެއެވެ. އެއީ ވުޟޫކުރުމާއި ޛިކުރުކުރުމާއި ކަނާތް ފަރާތަށް އޮވެ ނިދުމެވެ.  

ނިދަން އޮށޯތުމުގެ އަދަބުތަކަކީ މިއީ ކަމުގައިވީނަމަވެސް ނިދުމުގެ ކުރިން ކޮންމެރެއަކުވެސް ކުރުން ވަރަށް މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އެއ: 

1 އެދުވަހުގެ ހުރިހާ ނަމާދުތަކެއް ކުރެވުނުކަން ޔަޤީންކުރުން.

2 ދެމަފިރިންނަމަ މަޝްވަރާކުރަން ޖެހޭ ކަންކަންކަމަށް މަޝަވަރާކޮށްލައި އެކަކު އަނެކަކަށް ހިތްހެޔޮކޮށްގެން ނިދުން

3 މާފަށް އެދުނަސް ނުއެދުނަސް ހުރިހާ އެންމެންގެ މައްޗަށް ހިތް ސާފުކޮށް އެންމެންނަށް މާފުކޮށްގެން ނިދުން

(އެގޮތަށް އެކަން ކުރައްވަމުން ވަޑައިގެންނެވި ޞަހާބީއަކަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު އޭނާ ދިރިހުންނަވަނިކޮށް ރަސޫލް ވަނީ ދެއްވަވައިފައެވެ.)

3 ނިދުމުގެ ކުރިން އާޔަތުލްކުރުސި ކިޔުން

(ނިދީން ހޭލަންދެން އެމީހާގެ ޙިމާޔަތުގަ މަލާއިކަތަކު ބަހައްޓަވައި ދެއްވަވާނެ ކަމެއް! ނިދީގަ ޝައިޠޯނާއަށް ވައިވެސް ނޭޅެވޭނެ ކަމެއް!)  

ނިދުމުގެ ކުރިން ކުރަންހުރި ކަންކަން ވަރަށް ގިނައެވެ. އެންމެ ކުޑަމިނުން މިކަންކަމަށް ޢަމަލުކުރަން މަސައްކަތްކުރާށެވެ! އެމީހަކަށް ލިބޭނެ ފައިޑާތައް ވަރަށް ގިނައެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން