ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ޤަރާރަށް ރާއްޖެއިން ތާއީދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ޤަރާރަށް ރާއްޖެއިން ތާއީދުކޮށްފި

ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އ.ދ.އާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި އެހެން ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާއްމު މަޖިލީހުން ފާސްކުރި ޤަރާރަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

މި ޤަރާރު ހުށަހަޅާފައިވަނީ ނޯވޭ ގެ އިސްނެގުމާއެކު، އެހެން ޤައުމުތައް ހިމެނޭ ގްރޫޕަކުންނެވެ.

ރާއްޖެއިން ވަނީ މި ޤަރާރު ކޯ-ސްޕޮންސަރކޮށްފައެވެ. އަދި، މި ޤަރާރު ފާސްކޮށްފައިވަނީ ދިވެހިރާއްޖެ ހިމެނޭހެން 137 މެމްބަރު ޤައުމުގެ ވޯޓާއެކުއެވެ.

ރާއްޖެއިން ޤަބޫލުކުރާ ގޮތުގައި މިއީ އ.ދ.އާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި އެހެން ޤައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދަމަހައްޓަން އެޅޭ މުހިންމު ފިޔަވަޅެކެވެ.

އަދި، މި ޤަރާރަށް ލިބިފައިވާ ތާއީދަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް ފަލަސްޠީނުގެ މިނިވަން އަދި ސިޔާދަތީ ދައުލަތެއް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތަށް ލިބިގެންދާ ބާރެއްކަމުގައިވެސް ރާއްޖެއިން ޤަބޫލުކުރެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން