ތަޢުލީމީ ވުޒާރާގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތަޢުލީމީ ވުޒާރާގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ތަޢުލީމީ ވުޒާރާއަށް 92 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ. 

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ. 

"އަޅުގަނޑުމެން މިކުރާ މަސައްކަތް ކޮންމެ ރަށެއްގެ ހުންނަ ސްކޫލެއްގެ ތެރެއިންނާ ކޮންމެ ގެއެއްގެ ތެރެއިން ފެންނާނެ. އަދި ކޮންމެ ދުވަހަކު ދަރިވަރުންގެ އުނގެނުމުގެ ޙަރަކާތްތަކުގައި ތިޔަ ބޭފުޅުންގެ ވަރަށް ބޮޑު ބައިވެރިވުމެއް އެބައޮތް."

މީގެ އިތުރުން މިނިސްޓަރ ވަނީ ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގައި ދެމިތިއްބެވުމަށް މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމީ ވުޒާރާއެއް އުފެދިފައިވަނީ 1932 ވަނަ އަހަރު އޭރުގެ ރަދުން އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބޮވަނަ މަހާރަދުން ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ އިޢުލާން ކުރެއްވުމާ ގުޅިގެންނެވެ. އެހެން ނަމަވެސް، އެގޭ ކުރިން ވެސް ދިވެހި ދައުލަތުގެ ފަރާތުން ރަސްމީކޮށް ތަޢުލީމު ދިނުމުގެ މަސައްކަތް ކޮށްފައިވާކަން ތާރީޚުން އެނގެން އެބައޮތެވެ.

 

ހަބަރު: ސަރުކާރު 

މިއަދު އޮންލައިން