ދުނިޔެ ލިބިގެން ކާފިރުން ކިތަންމެ ވަރަކަށް އުފާކުރިޔަސް އެއީ ހަމަ ވަޤުތީ ކަމެއް! ސުވަރުގެ ވައްދަވާނީ ހަމައެކަނި މުސްލިމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ދުނިޔެ ލިބިގެން ކާފިރުން ކިތަންމެ ވަރަކަށް އުފާކުރިޔަސް އެއީ ހަމަ ވަޤުތީ ކަމެއް! ސުވަރުގެ ވައްދަވާނީ ހަމައެކަނި މުސްލިމުން!

އާނއެކެވެ! މުސްލިމުންނަށްވެސް އަދި ކާފިރުންނަށްވެސް ދުނިޔެ ދެއްވަވަތެވެ! ނަމަވެސް ދެބައިމީހުންގެ މެދުގައި ވަރަށް ބޮޑު ތަފާތެއް ވެއެވެ. ދުނިޔެ ލިބުމުގެ ނަޞީބު ލިބުމުން ކާފިރުން ދެކޭނީ އެކަމަކީ އެމީހުންނަށް ލިބުނު ބޮޑު އުފާވެރިކަމެއްގެ ގޮތުގައެވެ. ނަމަވެސް މުސްލިމުން ދެކޭ ގޮތް މުޅިން ތަފާތުވާނެއެވެ. މުސްލިމުން ދެކޭނީ އެއީ ކުރިމަތި ކުރެއްވެވި ބޮޑު ބިރުވެރިކަމެއްގެ ގޮތުގައެވެ. އެހެންވެ ފުރަތަމަ ކަމަކަށްވެސް މަސައްކަތްކުރާނީ ﷲ ތަޢާލާގެ ޙައްޤުތައް އަދާކުރުމަށެވެ. 

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.  "މާތް ﷲ ދުނިޔެ ލިބުމުގެ ނަޞީބު މުސްލިމުންނާއި ކާފިރުންނަށްވެސް ދެއްވަވައެވެ. ނަމަވެސް އިސްލާމަކަށް ނޫނީ އާޚިރަތެއް ނުދެއްވަވައެވެ! އަދި ދުނިޔޭގައި، ކާފިރުން ކޮށްފައިވާ ހެޔޮ ޢަމަލެއް އޮތްނަމަ، އޭގެ ހެޔޮޖަޒާ ހަމަ ދުނިޔޭގައި ދެއްވަވައި ނިންމަވައެވެ! އެއީ އެކިއެކި ނިޢުމަތްތަކުންނެވެ. 

ދުނިޔޭގައި ކާފިރުންނަށް ހެޔޮ ގޮތްތައް މިންވަރުކުރެއްވެވި ނަމަވެސް މުޝްރިކެއްގެ ގޮތުގައި މަރުވެއްޖެނަމަ އެމީހަކަށް އާޚިރަތެއް ނެތެވެ. ވީމާ މިވެނި މީހަކަށް ދުނިޔޭގައި ބޮޑެތި ނިޢްމަތްތައް ދެއްވެވުމަކީ އެމީހަކަށް ޤިޔާމަތް ދުވަހު އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. 

ޝަރީކުކުރުމުގެ ފާފައަކީ ތައުބާނުވެ ހުއްޓައި މަރުވެއްޖެނަމަ ފުއްސަވައިދެއްވަވާނެ ފާފައެއް ނޫނެވެ. ވީމާ ﷲ ތަޢާލާގެ އެއްކައުވަންތަކަމާއިމެދު އެއްގޮތަކަށްވެސް ޝައްކުނުކުރާށެވެ. އެގޮތުގައި ހުއްޓައި މަރުވެއްޖެނަމަ އާޚިރަތް ނުލިބޭނެތީއެވެ. 

ކާފިރުންގެ ގޮތުގައި ތިބެ ބައެއް މީހުން މީސްތަކުންނަށް ހެޔޮ ކަންކަން ކޮށްދެއެވެ. އެކަމުގެ ސަބަބުން ދުނިޔޭގައި އޭނާގެ ދަރަޖަ މަތިވެރިކުރައްވަވައިފާނެއެވެ. މީސްތަކުންގެ ތާއީދުވެސް ލިބިދާނެއެވެ. އެއިގެ މާނައަކީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެއް ނޫނެވެ. 

މިކަމަށް މުސްލިމުންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. އެހެނީ މުސްލިމެއް ކަމަށް ބުނަމުންވެސް ބައެއް މީހުން، އެމީހުންގެ ހިތުގައި ﷲ ތަޢާލާ އާއިމެދު ޝައްކުތައް އެބަ އުފައްދުވައެވެ. އެހިސާބުން އެމީހާ ތައުބާނުވިނަމަ ހިމެނިގެންދާނީ ޝަރީކުކުރާ މީހުންގެތެރެއިންނެވެ. ކުރިން މިބުނިފަދައިން ޝަރީކުކުރުންމަތީގައި މަރުވެއްޖެ މީހަކަށް އާޚިރަތެއް ނުލިބޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން