ކަންކަމުގައި މީސްތަކުން ﷲ ތަޢާލާއަށް ކޮންމެ ދުވަހަކު ވެސް ދަންނަވާނެ މިންވަރު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ﷲ ތަޢާލާ ވަނީ މީސްތަކުންނަށް ކަންކަން ވަރަށް ބޮޑަށް ފަސޭހަކުރައްވަވައި ދެއްވަވައިފައެވެ. އެއީ އެމީހަކު ޙާޞިލުކުރަން ބޭނުންވާ ކޮންމެ ކަމެއް ޙާޞިލުކުރުމަށްޓަކައި ވަންނާނެ ދޮރެއް ލައްވަވައި އެދޮރުގެ ތަޅުދަނޑި ވެސް މީސްތަކުންނާއި ޙަވާލުކުރެއްވެވުމެވެ.
އެމީހާ އެދޭ ކޮންމެ ކަމެއް ޙާޞިލުކުރަންވެސް ވަންނަން ޖެހޭ ދޮރުގެ ތަޅުދަނޑި ހަމަ އެމީހަކާއި ޙަވާލުކުރެއްވެވުމުން ދެން އޮތީ އަހަރެމެންގެ ހުރި ހިތްވަރެކެވެ. ގިނަގިނައިން ދޮރުހުޅުވައިގެން ވަދެ އެމީހަކު ބޭނުންކަމެއް އެމީހަކު ބޭނުން ވަރަކަށް ޙާޞިލުކުރަމުން ގެންދަންވީއެވެ.
އެތަޅުދަނޑިއަކީވެސް ވަރަށް ފަސޭހަ ތަޅުދަނޑިއެކެވެ. ހިތުގައި ގެންގުޅެންވެސް ވަރަށް ފަސޭހަ ތަޅުދަނޑުއެކެވެ. ލޮކް ހުޅުވޭ ނަމްބަރަކީ ދުވަހަކުވެސް ހަނދާވެސް ނެތޭނެ ނަމްބަރެއްވެސް ނޫނެވެ! އެ ތަޅުދަނޑިއަކީ أستغفرالله އެވެ!
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔެއިން ބޭނުންވާ ކަންކަން ކާމިޔާބުވުމުގެ ތަޅުދަނޑިއަކީވެސް އަދި އާޚިރަތް ކާމިޔާބުކުރުމުގެ ތަޅުދަނޑިއަކީވެސް ހަމަ މިއީއެވެ.
"أستغفر الله" ކިޔައި އަހަރެމެން ﷲ ތަޢާލާއަށް މިދަންނަވަނީ "ޔާ ﷲ! މިއަލާއަށް ފާފަކުރެވިއްޖެއެވެ. މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ!" މިއަދު ބައެއް މީހުންނަށް ހީކުރެވެނީ އެއީ ތިމާއަށް ފާފަކުރެވުމުން ދަންނަވަން އޮތް ދެންނެވުމެއް ކަމަށެވެ. އެއީ ހަމަ މުޅިން ކުށްހީއެކެވެ. އެއްވެސް ފާފައެއް ނުކުރެއްވެވި ހުންނަވައިމެ ރަސޫލް (ޞޢވ) ކޮންމެ ދުވަހަކު 70، 100 ފަހަރު " أستغفر الله" ވިދާޅުވެ ތަޅުދަނޑީގެ ބޭނުންފުޅުކުރައްވަވަމުން ގެންދެވިކަން މިކަމުގެ ދަލީލަކަށް ފުދިއިތުރުވެގެންދެއެވެ.
އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކޮންމެ ދުވަހަކުވެސް އެތައް ބައިވަރު ކަންކަމުގައި ﷲ ތަޢާލާއަށް ދަންނަވަން ޖެހޭ މީހުންނެވެ. ކުރަ ކޮންމެ ކަމެއް ކާމިޔާބުކޮށްދެއްވެވުން އެދި ވާގިއެދެންޖެހެނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އެއްވެސް ކަމަކީ އެމީހަކު އެކަނި ކުރަން އުޅެގެން ވާންހުރި ކަންކަމެއް ނޫނެވެ.
- މުފްތީ މެންކުގެ ދަރުސަކުން