އަނެކާ އިޞްލާޙްކުރަން ނަޞޭޙަތްދޭނަމަ އޭނާގެ ހިތް މަރައިނުލާ ހިތްވަރު ލިބޭނެ ގޮތަށް ނަޞޭޙަތް ދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އަނެކާ އިޞްލާޙްކުރަން ނަޞޭޙަތްދޭނަމަ އޭނާގެ ހިތް މަރައިނުލާ ހިތްވަރު ލިބޭނެ ގޮތަށް ނަޞޭޙަތް ދޭށެވެ!

އަހުރެމެންނަކީ މުސްލިމުންނެވެ. ނަމަވެސް މުސްލިމުންގެ ގޮތުގައި އުޅެވެނީ އަހުރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟ އެފަދަ ޙާލުގައި އުޅެނިކޮށް ﷲ ތަޢާލާގެ ރަޙްމަތްފުޅުން ތެދުމަގު އެބަ ދައްކަވައެވެ. ރަނގަޅު ގޮތުގައި އުޅެވެން އެބަ ފަށައެވެ. 

އެހިސާބުން ބައެއް މީހުންގެ ކިބައިން ފެންނަނީ ވަރަށް ދެރަ ކަންކަމެވެ. އެހެން މީހުންނަށް ނުބައި ބަސްތައް ބުނެވެން ފަށަނީއެވެ. އެކަން ކުރަނީ ރަނގަޅު ނިޔަތެއްގައި ކަމަށްވެސް ވެދާނެއެވެ. މިޘާލަކަށް އެހެން މީހުންނަށް ކަންކަން ވިސްނައިދޭންކަމަށްވެސް ވެދާނެއެވެ. 

އެކަމަކު އެއީ ވިސްނައިދޭންވެސް ކަންކަން ކުރަން އޮތް ގޮތެއް ނޫނެވެ. މީހުންނަށް ކަންކަން ވިސްނައިދެވޭނީ އޯގާތެރިކަމާއިއެކު ބަސްބުނެގެންނެވެ. ރިވެތި ޢިބާރާތުން ނަޞީޙަތް ދެވިގެންނެވެ. އެކަމުގައި އެންމެ ފުރިހަމަ މިޘާލު ނުވަތަ ނަމޫނާ ދައްކަވައިދެއްވެވީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. ވީމާ އަހުރެމެންނަށް އޮތީ އެސުންނަތުގައި ހިފުމެވެ. 

އަހަރެމެން ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ ތެދުމަގު ލިބިގަތުމަށެވެ. އެއީ އިންސާނަކަށް ދެއްވަވާނެ އެންމެ މަތިވެރި ނިޢްމަތެވެ. ވީމާ އެފަދަ މަތިވެރި ނިޢްމަތެއް ތިމާއަށް ދެއްވަވައިފިނަމަ ފުރަތަމަ ކަމަކަށްވެސް އޮތީ ޝުކުރުވެރިވުމެވެ. 

އެހެން މީހުންނަށް ހެޔޮ ނަޞޭޙަތްދޭންވާނެއެވެ! އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެކެވެ. ނަޞޭޙަތް ދިނުމުގެ ބަދަލުގައި އެހެން މީހުންގެ ހިތް މަރުވާފަދަ ބަސްތައް ބުނުމާއި މަލާމާތާއި ފުރައްސާރަކުރުމެއް ނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން