އެކުވެރިންގެ ގޮތުގަ އެހެން ދީންތަކުގެ މީހުން ގެންގުޅުނަސް އެންމެ ގާތް އެކުވެރިންގެ ދަރަޖަ ދިނުން ހުއްދައެއް ނޫން!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އެކުވެރިންގެ ގޮތުގަ އެހެން ދީންތަކުގެ މީހުން ގެންގުޅުނަސް އެންމެ ގާތް އެކުވެރިންގެ ދަރަޖަ ދިނުން ހުއްދައެއް ނޫން!: ޝައިޚް ޢާޞިމް އަލްޙަކީމް

އެމީހުންގެ ކިބައިން ތިބާގެ ދީނަށް ގެއްލުމެއް ނުލިބޭނަމަ އެކުވެރިންގެ ގޮތުގައި އެހެން ދީންތަކުގެ މީހުން ގެންގޫޅުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެހެން ދީންތަކުގެ މީހުންނަކީ އެންމެ ގާތް އެކުވެރިންގެ ގޮތުގައި ގެންގުޅުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ.  

ސަބަބަކީ އެއިރުން ނުއެނގި ތިބެ ނަމަވެސް ދީނާ ދުރަށް ޖެހިވިދާނެތީއެވެ. އެމީހުންދޭ ލަފައަށް ކަންކަން ކުރުމުން މުސްލިމުންގެ ދީނީ ޢަޤީދާއަށް ގެއްލުންވެދާނެތީއެވެ. ނުއެނގިތިބެ ނަމަވެސް އެހެން ދީންތަކުގެ ކަންކަން ބަލައިގަނެވި ޢަމަލުކުރެވިދާނެތީއެވެ.  

މިހުންނަނީ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ. ދީނީ ޢަޤީދާއަށް އެއްވެސް ބާވަތެއްގެ ހުރަހެއް ކުރިމަތިވެދާނެ ކޮންމެ ކަމަކާއި ދުރުހެލިވާށެވެ. އީމާންކަން ފުރިހަމަ ގޮތުގައި ޙިމާޔަތް ކުރެވޭނީ އެއިރުންނެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމް

މިއަދު އޮންލައިން