ހެޔޮ ޢަމަލުތަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާނޭ އެއް ވަގުތު-: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ހެޔޮ ޢަމަލުތަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާނޭ އެއް ވަގުތު-: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ. 

ދުނިޔޭގެ ޙަޔާތުގައި، ﷲ ތަޢާލާ ޛިކުރުކުމާއި އެއިލާހު ލޯބި ކުޅަ ޢަމަލުތައް ކުރުމުގައި މަޝްޣޫލުވެ އުޅޭ މީހާއަށް އެކަމުގެ ހެޔޮ އަޘަރު އެމީހާ އެކަމަށް އެންމެ ބޭނުންވެފައި ވަނިކޮށް ފެނިގެން ދާނެއެވެ. އެއީ އޭނާގެ ރޫޙު (ހަށިގަނޑުން) ނުކުމެ، ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލެވިގެންދާ ވަގުތުގައެވެ.  

އަދި ހަމަ އެހެންމެ ﷲ ތަޢާލާ ނޫން ފަރާތަކާ މެދުގައި މަޝްޣޫލުވެ އުޅޭ މީހާ ދަންނައެވެ. އޭނާ ހެޔޮ ޙާލުގައިވާ ހިނދުގައި، ﷲ ތަޢާލާ ހަނދުމަކުރުން ދަތިކަމަށް ވާނަމަ، މަރަށް ޙާޟިރުވާ ވަގުތުގައި އެކަން ކުރުމަށް އޭނާއަށް ދަތިވާނެއެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުން ވަރަށް ބޮޑު ޢިނާޔަތެއް ލިބުނު މީހަކު ފިޔަވައެވެ. 

މި ސަބަބަށްޓަކައި ބުއްދިވެރިޔާއަށް އެކަށީގެންވަނީ އޭނާވީ ކޮންމެ ތަނެއްގައި އޭނާގެ ހިތާއި ދޫ، ﷲ ތަޢާލާގެ ޛިކުރުކުރުމުގައި ހޭދަކުރުމެވެ. އެއީ އެ ވަގުތުކޮޅު ފާއިތުވެއްޖެނަމަ، އަބަދުގެ އަބަދަށް އޭނާ އަބާއްޖަވެރިވެދާނެ އެ ވަގުތުކޮޅަށްޓަކައެވެ. 

ފަހެ ﷲ ތަޢާލާގެ ޙަޟްރަތުން އެދެނީ އެއިލާހަށް ހެޔޮ ގޮތުގައި ޛިކުރުކުރުމާއި ޝުކުރުކުރުމާ އަދި އަޅުކަންކުރުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވުމެވެ."  

"طريق الهجرتين لابن القيم (ص: 308 - 309)

 

- ޝައިޚް ޢމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން