ސުންނަތަށް ޢަމަލުކޮށް ގިނަ ޘަވާބު ބޭނުންވެގެންނަމަ ކައިވެނި ރޫޅި ނިކަމެތިވެފަ ތިބި އަންހެނުންނާ ހުވަފަތް އަންހެނުންނާ ކައިވެނިނުކުރަނީ ކީއްވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ސުންނަތަށް ޢަމަލުކޮށް ގިނަ ޘަވާބު ބޭނުންވެގެންނަމަ ކައިވެނި ރޫޅި ނިކަމެތިވެފަ ތިބި އަންހެނުންނާ ހުވަފަތް އަންހެނުންނާ ކައިވެނިނުކުރަނީ ކީއްވެ؟: މުފްތީ މެންކް

އަނބިމީހާ ގާތުގައި ގުނަނީ 2 އަންތބަށް ކައިވެނިކޮށް ގިނަ ޘަވާބު ހޯދަން ކަމަށެވެ. ނަމަވެސް ކައިވެނިކުރަނީ އިން އަނބިމިހާއަށްވުރެ ރީތި، ޒުވާންކުދިން ހޯދައިގެންނެވެ. ނިކަމެތި ޙާލުގައި ތިބި އެކަނިވެރި މައިކާއި ނުވަތަ ހުވަފަތް އަންހެނަކާއި ކައިވެނިކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންވީމާ އެކުރާކަމަކީ ސުންނަތުން އޭނާއަށް ފައިދާހުރި ބައަށް ޢަމަލުކޮށްފައި އެންމެ މުހިންމު ބައި ދޫކޮށްލަނީއެވެ.

ކޮންމެއަކަސް ޙަޤީޤަތަކީ ކައިވެނި ރޫޅި އެކަނިވެރިމައިންގެ ގޮތުގައި ތިބޭ އަންހެނުންނާއި އަދި ހުވަފަތް އަންހެނުންނާއި ކައިވެނިކުރަން ގިނަ ފިރިހެނުން ޖެހިލުންވެ ފަސްޖެހޭކަމެވެ.  ދަރިން ތިބިނަމަ ކައިރިވާން ބޭނުންވާ ފިރިހެނުން އިންތިހާއަށް މަދުކަމެވެ. 

ކައިވެނި ރޫޅި ވަރިވެފައިވާ އަންހެނުންނާއި އަދި ހުވަފަތްވެފައިވާ އަންހެނުންނާއި ކައިވެނިކުރަން ފަސް ނުޖެހޭށެވެ! އެއީ ކައިވެނިކުރަން އެންމެ ރަނގަޅު އަންހެނުން ކަމުގައިވެސްވެދާނެއެވެ. ރަސޫލް ()ގެ ކައިވެނިފުޅުތަކުން މިކަން އޮތީ ފެންނާށެވެ! ޢާއިޝަތުގެފާނު ފިޔަވައި އެހެން ހުރިހާ އަނބިކަނބަލުންނަށް ބެލުމުން މިކަން އެނގިގެންދާނެއެވެ. އެއީ ކުރަން ރަނގަޅުކަމެއް ނޫންނަމަ ރަސޫލް () އެފަދައިން ކައިވެނިފުޅުތަކެއް ނުކުރައްވަވާނެއެވެ.

ވަރިވެފައި ނުވަތަ ހުވަފަތްވެފައި ތިބޭ އަންހެނުންގެ ތެރޭގައި ތަޤްވާވެރިކަމާއި ކެތްތެރިކަމާއި ދިރިއުޅުމުގައި ހަރުދަނާގޮތުން އެންމެ އަރައިތިބި އަންހެނުން ހިމެނެއެވެ. ކިތަންމެ ރަނގަޅު މީހެއްގެ ކައިވެނިވެސް ރޫޅިދާނެއެވެ. ކައިވެނި ރޫޅޭއިރަށް އެއީ އެމީހާގެ ނުބައިކަމުން ނުވަތަ ސުންޕާކަމުން މެދުވެރިވި ކަމެއްކަމަށް ނުދެކޭށެވެ! 

އަދި ކީއްހެއްޔެވެ؟ އެކަނިވެރިވެ ނިކަމެތިވެފައި ތިބޭ އަނqހެނުންނާއި ކައިވެނިކޮށް އެމީހުންގެ ޙަޔާތަށް އުފާވެރިކަމެއް ހޯދައިދިނުމަކީ މަތިވެރި އަޅުކަމެކެވެ. އެމީހާގެ ދަރިން ތިބިނަމަ، އެއްވެސް އަމިއްލަ އެދުމެއް ކުރިއަށް ނުނެރެ އެދަރިންނަކީވެސް އަމިއްލަ ދަރިންކަމަށްބަލައި ހެޔޮ ގޮތުގައި ބަލައި ބޮޑުކޮށްފިނަމަ އެކަމުގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އެތައް ގޮތަކުން އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ! އިން ޝާ ﷲ 

އަންހެނެއްގެ 3،4 ދަރިން ތިއްބައި އެއަންހެނަކާއި ކައިވެނިކޮށް ﷲ ތަޢާލާއަށްޓަކައި އެދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކޮށްފި މީހަކު އެކަމަށްކުރާ މަސައްކަތްވެގެންދާނީ ﷲ ތަޢާލާގެ މަގުގައި ވެވޭ ވަރަށް ބޮޑު ޤުރްބާނީއަކަށެވެ. 

އަހަރެންގެ ނަޞޭޙަތަކީ ކައިވެނިކުރާނަމަ ހުވަފަތް އަންހެނުންނާއި ކައިވެނިކުރުމެވެ. ނޫން ނަމަ ވަރިވާންޖެހިފައިވާ އަންހެނުންނާއި ކައިވެނިކުރުމެވެ. އެކަނބަލުންނަށް ލިބިފައިވާ ނިކަމެތިކަމުން ސަލާމަތްކޮށްދީ އެހީތެރިވާން މަސައްކަތްކުރުމެވެ! އެކަމުން ލިބެން އޮތް އެންމެ މަތިވެރި ޘަވާބާއި ދަރުމަ ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ.  

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން