ތިބާ މިވަޤުތު މަރުވެއްޖެނަމަ ތިބާއަށް ދެވުން ގާތީ ސުވަރުގެއަށްތަ؟ ނޫނީ ނަރަކައަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތިބާ މިވަޤުތު މަރުވެއްޖެނަމަ ތިބާއަށް ދެވުން ގާތީ ސުވަރުގެއަށްތަ؟ ނޫނީ ނަރަކައަށްތަ؟

ތިބާ މިވަޤުތު މަރުވެއްޖެނަމަ ތިބާއަށް ދެވުން ގާތީ ސުވަރުގެއަށްތަ؟ ނޫނީ ނަރަކައަށްތަ؟ 

މިސުވާލު ކުރެވިއްޖެނަމަ ގިނަ ބައަކު ބުނާނީ ސުވަރުގެއަށް ކަމަށެވެ. އެއީ އެމީހުން ހެޔޮ ޢަމަލުތައް ކޮށް އުޅޭތީއެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. ޖަވާބަކަށްވާންޖެހޭނީ ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށްޓަކައި ބިރުވެތިވާ ކަމަށާއި މަސައްކަތް ކުރަމުން މިގެންދަނީ ސުވަރުގެ އެދިގެން ކަމަށެވެ. 

މިވަޤުތު މަރުވިޔަސް ތިމާ ސުވަރުގެ ވައްދަވާނެ ކަމުގެ ވިސްނުމުގައި ހުންނަ މީހަކަށް ހެޔޮ ޢަމަލުތައް ކުރެވުން މަދުވާނެއެވެ. އަދި ފާފަތަކަށް އަރައިގަނެވުންވެސް ގާތްވާނެއެވެ. އެއިގެ ބަދަލުގައި ތިމާ މިވަޤުތު މަރުވިޔަސް ނަރަކަށް ވަންނަން ޖެހިދާނެ ކަމަށް ވިސްނާ މީހުން އެމީހުން އެންމެ ބޮޑަށް ސަމާލުކަންދޭނީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ވީހާ ގިނަ ހެޔޮކަން ކުރުމަށެވެ. އަދި އެއްވެސް ވަރެއްގެ ފާފައަކަށް އަރައިނުގަނެ ހުރުމަށެވެ. 

މީސްތަކުންނޭވެ! ދުނިޔޭގައި ތިބެގެން އަހުރެމެންނަށް އޮތީ ސުވަރުގެ ލިބުމަށާއި ނަރަކައިން ސަލާމަތް ވެވެންހުރި ކަންކަމަށް ވިސްނައި ޢަމަލުކުރުމަށެވެ. 

ދެންވެސް ވިސްނައިލުން މުހިންމު ކަމެއްގެ ވާހަކައެއް ބުނެލާނަމެވެ. ޞަޙާބީންގެ ތެރެއިން ދުނިޔޭގައި ތިއްބަވަނިކޮށް އެބޭކަލުންނަށް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ރަސޫލް ޞައްލަﷲ ޢަލައި ވަސައްލަމަ ދެއްވެވި ޞަޙާބީންނަށް އެ އުފާވެރި ޚަބަރު ލިބިވަޑައިގަތުމުން ޢަމަލުފުޅު ކުރެއްވެވި ގޮތާއިމެދު ވިސްނާށެވެ! ސުވަރުގެ ހޯއްދަވަން ކުރަވަމުން ގެންދެވި މަސައްކަތްޕުޅު ކުރިއަށްވުރެވެސް އިތުރުކުރެއްވެވީއެވެ. އަޅުކަންކުރެއްވެވުމުގައި އިތުރަށް ހީވާގިވެވަޑައިގަތީއެވެ. 

މިއީ ހަމަ އަހުރެމެންނަށްވެސް ޢަމަލުކުރަން އޮތް ގޮތެވެ. ހެޔޮ ޢަމަލުކުރެވޭނަމަ އުފާކުރާށެވެ! އަދި ހެޔޮ ޢަމަލުކުރުން ގިނަކުރަން މަސައްކަތްކުރަމުން ގެންދާށެވެ. ޞަޙާބީންގެ އަރިއަހުން ފިލާވަޅު ލިބިގަތުމަކީ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން