ތިމާގެ އާޚިރަތާ ދުނިޔޭގެ ޙަޔާތް ކާމިޔާބުކުރަންވެސް ގިނަގިނައިން ޒިޔާރަތްކޮށް އެތަނުން ލިބޭ ފިލާވަޅު ޙާޞިލުކުރަންޖެހޭނެ 3 ތަނެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތިމާގެ އާޚިރަތާ ދުނިޔޭގެ ޙަޔާތް ކާމިޔާބުކުރަންވެސް ގިނަގިނައިން ޒިޔާރަތްކޮށް އެތަނުން ލިބޭ ފިލާވަޅު ޙާޞިލުކުރަންޖެހޭނެ 3 ތަނެއް!

ތިމާގެ އާޚިރަތާ ދުނިޔޭގެ ޙަޔާތް ކާމިޔާބުކުރަންވެސް ޒިޔާރަތްކޮށް އެތަނުން ލިބޭ ފިލާވަޅު ޙާޞިލުކުރަންޖެހޭނެ 3 ތަނެއް ފާހަގަކޮށްލާނަމެވެ! 

- ފުރަތަމަ ތަނަކީ ހޮސްޕިޓަލްތަކެވެ. 

ހުސްޕިޓަލްތަކަށް ޒިޔާރަތްކޮށް އެތަނުގައި ތިބޭ ބަލިމީހުންނަށް ވިސްނުމުން ބިއްހަތުގެ މުހިންމުކަން ވިސްނޭނެއެވެ. ފުރިހަމަ ޞިއްޙަތެއްގައި ހުރެވޭތީ، ނުވަތަ ބަލިޙާލުގައިވެސް އެބަލިމީހުންނާއި އެއްދަރަޖައަކަސް ވެއްޓެން ނުޖެހި ހުރެވޭތީ ﷲ ތަޢާލާއަށް ޝުކުރުވެރިވާންޖެހޭ މިންވަރު ވިސްނޭނެއެވެ. 

--ދެވަނަ ތަނަކީ ޖަލު ނުވަތަ ހުރަގެ ތަކެވެ. 

އަހުރެން މިބުނަނީ ކޮންމެހެން ކުށްކޮށްގެން ޖަލަށް ވަންނާކަށް ނޫނެވެ. މެހްމާނެއްގެ ގޮތުގައިނަމަވެސް ވަދެލާށެވެ. އެކަމަކު ބުނަންހެއްޔެވެ؟ މިނިވަން ކަމުގައި ހުރެވުމުގެ އަގު ނުވަތަ ބޭނުންތެރިކަމުގެ މުހިންމުކަން ވަޒަންކުރެވޭނީ ޖަލުގެ ގޮޅިއެއްގައި ބަންދުކުރެވުމުންނެވެ. 

މިކަން މިހައި މުހިންމު ކަމެއްގެ ގޮތުގައި ފާހަގަމިކުރަނީ ކުށް ނުކުރަން ހިތްވަރު ދިނުމަށެވެ. ފާފަކޮށް ނަރަކައިގައި ބަންދުނުވުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އަބަދުވެސް ވިސްނަންވީ ސުވަރުގެ ވަދެވުމުން ލިބިގެންދާނެ ބޮޑު އުފާވެރި ކަމަށެވެ. އިމެއް ނެތި މިނިވަންކަން ލިބޭނެ ކަމާއިމެދުގައެވެ. 

- ތިންވަނަ ތަނަކީ ޤަބުރުސްތާނެވެ. 

ޖަނާޒާތަކުގައި ބައިވެރިވުން ގިނަކުރާށެވެ. މައްޔިތާގެ ސަންދޯއް ވަޅަށް ތިރިކުރޭވޭ ވަޤުތު ހިތަށް ގެންނާށެވެ! ދެން ވަޅަށް ތިރިކުރެވޭނީ ތިމާކަމަށް ވެއްޖެނަމަ ކަންކަން ވެގެންދާނެ ގޮތަކާއިމެދުގައެވެ. ތިމާގެ ޙާލަކީ ކޮބައިކަމާއިމެދުގައެވެ. ކައްވަޅުގެ ޢަޛާބާއި ނަރަކައިގެ ޢަޛާބުން ތިމާއަށް ސަލާމަތްވެވޭނެ ކަމާއިމެދުގައެވެ. ތިމާއަށް މިހުރެވެނީ މަރަށް ތައްޔާރުވެގެން ކަމާއިމެދުގައެވެ. 

މިލިސްޓް ދިގުކުރެވިދާނެއެވެ. ދައްކަންހުރި ވާހަކަތައްވެސް ބައިވަރެވެ. ހަމައެކަނި މިވަރުންވެސް ވިސްނައި ފިކުރުކުރާ މީހަކަށް ޢިބްރަތަކަސް ފުދޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން