ފާފަތައް ފުއްސަވައިދެއްވެވުން އެދި ކޮންމެ ދުވަހަކު ކުރަންޖެހޭ ޛިކުރުކުރަން އެންމެ ފައިދާހުރި ވަޤުތު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ފާފަތައް ފުއްސަވައިދެއްވެވުން އެދި ކޮންމެ ދުވަހަކު ކުރަންޖެހޭ ޛިކުރުކުރަން އެންމެ ފައިދާހުރި ވަޤުތު-: މުފްތީ މެންކް

ތައުބާވުމަށާއި ތައުބާގެ މަތީގައި ހުރެވުން އެދި ކޮންމެ ދުވަހަކު ކުރަން ޖެހޭ އަސްތަޣްފާރުކުރަން އެންމެ ރަނގަޅު ވަޤުތަކީ ކޮބައިކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވަވައެވެ. އެސުވާލުކުރައްވާ ބޭފުޅުންނަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުމުން ވަޤުތު އެނގިލައްވާނެ ކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ   

ތައުބާވުމަކީ އެންމެ ގިނައިން ކުރަންޖެހޭ ކަންތައް ކަމުގައިވުމުން ގިނަގިނައިން ތައުބާވުމާއިބެހޭ ގޮތުން ވަރަށް ގިނަވާހަކަތައް ދެކެވިއްޖެއެވެ. މިރޭގެ ދަރުސްގެ ތެރެއިން އިތުރު އެއްކަމެއް ފާހަކަގަކޮށްލާނަމެވެ!  

އެއީ އެމީހެއްގެ ފާފަތައް ނުފުއްސަވައި ﷲ ތާޢާލާ ދޫނުކުރައްވަވާނެ މީހެއްގެ ވާހަކައެވެ. އެފަދަ މީހަކަށްވުމަކީ ވަރަށް ފަސޭހައިންކުރެވެން އޮތްކަމެކެވެ. އިން ޝާ ﷲ! ހަމައެކަނި ކުޑަ ބަދަލެއް ގެންނަންވީ ކަންކުރުމުގެ ތަރުތީބަށެވެ!  

އަހަރެމެންނަކީ ރަސޫލް () ހަދީޘްފުޅު ކުރައްވަވާފަދައިން ކޮންމެ ދުވަހަކުވެސް މަގުވެގެން 100 ފަހަރު އިސްތިޣްފާރުކުރާ ބައެކެވެ. ނުވަތަ އެކަންކުރަން އަދި މިހައިތަނަށް ނުފެށި އޮތް ނަމަވެސް އަވަހަށްފަށާށެވެ! އެ ޙަދީޘްފުޅަށް އަމަލުކޮށް ސުންނަތަށް އަމަލުކުރާމީހަކަށްވާށެވެ!  

ގެންނަން އަހަރެންނަށް ފެންނަ ބަދަލަކީ އިސްތިޣްފާރުކުރުން ފަތިހަށް ބަދަލުކުރުމެވެ. ފަތިސް ނަމާދަށްފަހު އިސްތިޣްފާރުކުރަން އަވަސްވެގަތުމެވެ. އެއީ ހަމަ އެންމެ 3،4 މިނިޓަކުންވެސް ކުރެވޭނެ ކަމެކެވެ.  

އެއިރުން ވާނެގޮތަކީ އެދުވަހުގެ ކޮންމެ ވަގުތަކު ތިބާ މަރުވިނަމަވެސް ތިބާއަށް ހުރެވޭނީ އިސްތިޣްފާރުކޮށްގެންނެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކޮށްގެންނެވެ!  

ވީމާ ނިކަންވިސްނައިލަބަލާށެވެ! ފާފަތައް ފުއްސަވައިދެއްވެވުމަށް އެދި ދެންނެވުމުން ފާފަފުއްސަވައި ދެއްވެވުމުގައި އެންމެ ދީލަތިވަންތަ، ރަޙްމާންވަންތަ، ރަޙީމްވަންތަ، އަދި އެމީހާގެ ފާފަތައް ފުއްސަވައި ދެއްވެވުމުގައި އަވަސްވެވޮޑިގަންނަވާ ﷲ ތަޢާލާގެ ޙަޟްރަތުގައި ހެނދުނު ހެނދުނާ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދަންނަވައިގެން ހުއްޓައި މަރުވުމުން އެމީހާގެ ފާފަތައް ފުއްސަވައި ނުދެއްވަވާނެ ކަމަށް ވިސްނަންވެސް އަދި އެންމެ ކުޑަމިނުން އެފަދަ ގޮތަކަށް ޤަބޫލުކުރަންވެސް ހެޔޮނުވާނެ ނޫންހެއްޔެވެ؟  

އަހަރެންގެ ނަޞޭޙަތަކީ ފތިސްނަމާދަށްފަހު ކިޔާ ހެނދުނުގެ ޛިކުރުގެ ތެރޭގައި ހިމަނައިގެން މަދުވެސްގެން 100 ފަހަ އަސްތަޣްފިރުﷲ ކިޔައިގެން ހުރުމެވެ. ނުވަތަ އެނޫންވެސް އެފަދަ ދުޢާއެއް 100 ފަހަރު ކިޔައި ސުންނަތަށް ޢަމަލުކޮށްގެން ހުރުމެވެ. އެއިރުން އެމީހާ އެދުވަހު މަރުވެއްޖެނަމަ އެމީހާގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- މުފްތީ މެންކްގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން