މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހިންގާ ކޮމިޔުނިޓީ އަޕްސްކިލިން ޕްރޮގްރާމް (ސީ.ޔޫ.ޕީ) ގެ ތެރެއިން އިލެކްޓްރިކަލް އިންސްޓްލޭޝަން އެންޑް މެއިންޓެއިނެސް ކޯހެއް ފަށައިފިއެވެ.
މިމަހު 18 ވަނަ ދުވަހު ފެށި މި ޕްރޮގުރާމު ކުރިއަށް ގެންދަނީ ރ. ކިނޮޅުގައެވެ
މި ޕްރޮގުރާމުގައި ޖުމްލަ 26 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްގީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.
ހަބަރު: ސަރުކާރު