ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާނެ: ޕީއެންސީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 8ސ
ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާނެ: ޕީއެންސީ

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އިން ބުނެފިއެވެ. މިކަން ޕީއެންސީން ބުނެފައިވަނީ އިއްޔެ ރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

ޕީއެންސީގެ ނޫސްބަޔާނުގައި ވަނީ "ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން" ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށްފައިވާ ހުރިހާ ފަރާތްތަކެއްގެ އިންވެސްޓްމަންޓްތައް ހިމާޔަތްކޮށް، ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤްބޫލު އެއް ޓޫރިސްޓު މަންޒިލުގެ ގޮތުގައި ދެމެހެއްޓުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ކަންތައް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެ ޕާޓީން ދެކޭގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމުޢިއްޔާއަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އަދި ދިވެހި އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ނުރައްކާތެރި އަމަލެއް ނުހިންގާނެކަމަށެވެ. އަދި ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާތައް ހަރަކާތްތެރިވާނީ ޤާނޫނު ހުއްދަކުރާ އިމުގެ ތެރޭގައިކަމަށާއި، އެ އިމުން ބޭރުވާނަމަ އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން އަޅާނެކަމަމެދު ޝައްކުނުކުރާކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތުގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ރައްކާތެރިކޮށްދިނުމުގައި ދިވެހި ދައުލަތުން އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރާނެކަމުގެ އިތުބާރު އޮތްކަމަށްވެސް ޕީއެންސީން ފާހަގަކޮށްފައިވެއެވެ.

ޕީއެންސީގެ ބަޔާނުގައި ވަނީ ކުރިއަށް އޮތް ތަނުގައިވެސް ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި ވަކިވަކި ފަރުދުންވެސް ފަތުރުވެރިކަމަށް އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގެ ޝުހުރަތަށް އުނިކަން އަތުވެދާނެ އެއްވެސްކަމެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ރޭ މާލޭގައި ބޭއްވުނު ޕީއެންސީގެ ޖަލްސާއެއްގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނިހާދު ވަނީ ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައުން ފާހަގަކުރަން ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ޓެރަރިސްޓް ހަމަލައެއް ދޭން އުޅޭ ކަމަށް ވިދާޅުވެފައެވެ. މި ވާހަކަތަކާ ގުޅިގެން ނިހާދު ވަނީ މިއަދުން ފެށިގެން ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑް ކޮށްފައެވެ.

މިއަދު އޮންލައިން