ތުރުކީގައި އެއްޗެއް ގޮވައި ގިނަ އަދަދެއްގެ މީހުން މަރުވުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ތުރުކީގައި އެއްޗެއް ގޮވައި ގިނަ އަދަދެއްގެ މީހުން މަރުވުމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ

ތުރުކީވިލާތުގެ ބްލިކެސިރް ސަރަހައްދުގައި ހުންނަ ހަނގުރާމައިގެ އާލާތްތައް އުފައްދާ ފެކްޓްރީއެއްގައި މިއަދު ހިނގި ނުރައްކާތެރި ހާދިސާއެއްގައި 12 މީހުން މަރުވެ، ގިނަ އަދަދެއްގެ މީހުން ޒަޚަމްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ޑރ.މުޢިއްޒުގެ ތަޢުޒިޔާ މެސެޖުގައި، މި ހާދިސާގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި ތުރުކީގެ ރައީސަށާއި އެ ޤައުމުގެ ރައްޔިތުންނަށް، އަދި ހާދިސާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ރައީސް މުޢިއްޒު ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ފަރާތުން ހާދިސާގައި ޒަޚަމްވި އެންމެންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ.
 

މިއަދު އޮންލައިން