ވޭޕް ބޭނުންކޮށްގެން އާދީއްތަ ދުވަހުގެ ނިޔަލަށް 9 މީހަކު ޖޫރިމަނާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
ވޭޕް ބޭނުންކޮށްގެން އާދީއްތަ ދުވަހުގެ ނިޔަލަށް 9 މީހަކު ޖޫރިމަނާކޮށްފި

ވޭޕް ބޭނުންކުރުމުގެ މައްސަލައިގައި މިއަދާ ހަމައަށް 9 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. މިގޮތުން ޖުމްލަ 50,000 ރުފިޔާގެ ޖޫރިމަނާ ކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާ ޚިލާފުވެގެން ޖޫރިމަނާކުރެވުނު މީހުންގެ ތެރެއިން އެއް ފަރާތެއް ސައިކަލު ދުއްވަމުން ވޭޕް ބޭނުންކުރުމާ ގުޅިގެން 10,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، ފުލުހުން ވަނީ ރައްޔިތުންނަށް ޤާނޫނަށް ޢަމަލުކުރުމަށާއި އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ. 

ވޭޕް މަނާކުރާ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް މޯބައިލް މެސެޖަކާއެކު ޕޭމަންޓް ލިންކެއް ފޮނުވޭނެކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން