މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ 23 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅޭ 23 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުގައި މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅޭކަމަށް ބެލެވޭ 23 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ސޯޝަލް މީޑިޔާގައި ޙިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް މަޢުލޫމާތު ލިބިފައިވާ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި އިމިގްރޭޝަނުގެ ޓާސްކުފޯހުން ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި އޮޕަރޭޝަންގައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި އެ ސަރަހައްދުން ލަފާ ފުރާ އުޅަނދުފަހަރުވެސް ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ. އަދި މި އޮޕަރޭޝަންގައި ޖުމްލަ 148 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭކަމަށް ފާހަގަކުރެވުނު 23 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އިމިގްރޭޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ބެލުމުގެ ދަށަށް ގެންދެވުނު 23 ބިދޭސީންގެ ތެރޭގައި ހިމެނެނީ 22 ފިރިހެނުންނާއި އެއް އަންހެނެކެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ މަސައްކަތުގެ ބައެއްކަމަށް ބެލެވެއެވެ. އަދި މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ހިންގާނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މިއަދު އޮންލައިން