ދިވެހި ފުޓުބޯޅައިގެ ރޫޙު އަލުން ދިރުވައިދީފި: ނައިބު ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ދިވެހި ފުޓުބޯޅައިގެ ރޫޙު އަލުން ދިރުވައިދީފި: ނައިބު ރައީސް

ދިވެހި ފުޓުބޯޅައިގެ ރޫޙު އަލުން ދިރުވައިދީފިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ "ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024" ކާމިޔާބުކުރި ބ. އޭދަފުށީގެ ޓީމަށް ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވެފައިވަނީ، ބ. އޭދަފުށީގެ ޓީމުގެ ކުޅުންތެރިން ދެއްކި ހުނަރަށް ސާބަސް ދަންނަވާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ ޓީމުން މުބާރާތުގައި ދެއްކި މޮޅު ކުޅުމާއި ކުރި ހިތްވަރުވެސް ފާހަގަކުރައްވާފައިވެއެވެ.

"ދެ ޓީމުގެ ސަޕޯޓަރުންވެސް މިރޭ ގަލޮޅު ދަނޑަށް އައު ދިރުމެއް ގެނުވައިފި،" ނައިބު ރައީސް ވިދާޅުވިއެވެ.

މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ޓީމުތަކާއި އެ ޓީމުތަކުގެ ސަޕޯޓަރުން ދިވެހި ފުޓުބޯޅައިގެ ރޫޙު އަލުން ދިރުވައިދީފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ފުރުޞަތުގައި ގޯލްޑް ކަޕް 2024 އިންތިޒާމު ކުރުމުގައި ޙަރަކާތްތެރިވި ފަރާތްތަކުން ކުރި މަސައްކަތް ފާހަގަކޮށް ޚާއްޞަ ޝުކުރެއް ދަންނަވާފައިވެއެވެ.

ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ފައިނަލް މެޗު ކުޅުނީ ގަލޮޅު ދަނޑުގައެވެ. މި މެޗުގައި ވާދަކުރީ ބ. އޭދަފުށީގެ ޓީމާއި އައްޑޫ ސިޓީގެ ޓީމެވެ. މި މުބާރާތަކީ ރާއްޖޭގެ ފުޓުބޯޅަ ތަރައްޤީކުރުމަށް ބާއްވާ މުހިންމު މުބާރާތެކެވެ.

މިއަދު އޮންލައިން