ހިތާމައާއި ކަންބޮޑުވުން ކުރިމަތިވާ ވަޤުތު ހަމަޖެހުން ހޯދަން ޢަމަލުކުރުމުން ވަޤުތުން އެކަމުގެ ފައިދާކުރާނެ ކަންކަން- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ހިތާމައާއި ކަންބޮޑުވުން ކުރިމަތިވާ ވަޤުތު ހަމަޖެހުން ހޯދަން ޢަމަލުކުރުމުން ވަޤުތުން އެކަމުގެ ފައިދާކުރާނެ ކަންކަން- އިން ޝާ ﷲ

ހާސްވުމާއި ކަންބޮޑުވުމުގެ ޙާލަތަކީ ހަމަ ކޮންމެ މީހަކަށް އަދި ކޮންމެ ވަޤުތަކުވެސް ކުރިމަތިލާންޖެހިދާނެ ޙާލަތެކެވެ. އަދި އެކަމަށް އަޅައިނުލެވިއްޖެނަމަ ހަމަ ކުއްލިއަކަށް މީހާގެ ޙާލަތު ބޮޑުވެގެންދާ ކަމެކެވެ. 

އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ތަނެއްގައި ހަމަޖެހިލައިގެން އިށީނދެލާށެވެ. އޮށޯތުން ރަނގަޅެއް ނޫނެވެ. ލޭ ބޮޑަށް ދައުރުކުރާނީ އިށީނދެ އިނުމުން ކަމަށްވާތީއެވެ. ވީމާ އިށީނދެ ހަމަޖެހިލުމަށްފަހު ވިސްނައިލާށެވެ! "މިއީ ހަމަ ސީރިއަސް މައްސަލައެކެވެ. އެކަމަކު މިޙާލަތު އަހުރެންނަށްވުރެ މާބޮޑަށް ކުރިމަތިވި މީހުން ހަމަޖެހިގެން ދުނިޔޭގައި އެބަ އުޅޭ ނޫންހެއްޔެވެ؟ އެހެންކަމަށްވާއިރު އަހުރެންނަށް ނުއުޅެވެންވީ ކީއްވެގެން ހެއްޔެވެ؟ އަހުރެންނަކީ އެމީހުންނަށްވުރެ ބޮޑު ފިނޑިއަކަށްވާންޖެހެންވީ ކީއްވެގެން ހެއްޔެވެ؟" 

ދެން ހިތަށް އަރުވާށެވެ! "އަހުރެންގެ ހިތްވަރު މާގަދަވާނެއެވެ. ނިކަން ބަލަންތިބެބަލާށެވެ. އެމީހުންނަށްވުރެ އަހުރެންގެ ހިތްވަރު މާގަދަކަން އެމީހުންނަށް ދައްކައިލާނަމެވެ." އެއަށްފަހު ތެދުވާށެވެ. ތެދުވެގެން ކޮންމެހެން ހިނގަން ނުދިއަޔަސް ރަނގަޅުވާނެއެވެ. ކޮންމެވެސް ކަސްރަތެއް ކޮށްލާށެވެ. 15 ވަރަކަށް މިނިޓް ކަސްރަތުކޮށްލިޔަސް ހަމަޖެހުން ލިބޭނެއެވެ. 

ގޭގައި ހުރިނަމަ ދެން ހޫނުފެނުން ފެންވަރައިލާށެވެ. ގައިގައި ކޮންމެވެސް ބާވަތެއްގެ ތެލެއް އުނގުޅައިލާށެވެ. އަހުރެން ބުނާނީ ޒައިތޫނި ޔެޔޮ ފަދަ ހަށިގަނޑަށް ފައިދާހުރި ތެލެއް ބޭނުން ކުރުމަށެވެ. ގައިގައި ތެޔޮ ނުލާ މީހަކު ނަމަ މީރުވަސްދުވާ ލޯޝަނެއް އުނގުޅާށެވެ. މީރުވަސް ލިބުން ވަރަށް މުހިންމެވެ. އެހެންކަމުން ތެޔޮލީނަމަވެސް ކޮންމެވެސް ސެންޓެއް ނުވަތަ އަތަރެއް ބޭނުންކުރާށެވެ. 

ދެން އޮށޯވެލާށެވެ. ވަރަށް އަރާމުގައި ނިދައިލެވޭނެއެވެ. ނިދީން ހޭލެވޭއިރު ހުންނާނީ ހަމަޖެހުން ލިބިފައެވެ. ކުރިމަތިވި މައްސަލައާއިއެކު އުޅުމުގެ ހިތްވަރު ލިބިފައެވެ.  

އަހުރެން މިކިޔައިދިނީ އެފަދަ ވަޤުތުގައި ހަށިގަނޑަށް ފަރުވާދޭނެ ގޮތެވެ. ރޫޙާނީ ބައި ނުހިމަނައެވެ. ރޫޙާނީ ބައި އެމީހެއްގެ ފެންވަރުން އަދާކުރާށެވެ. ރޫޙާނީ ބައަކީ އެންމެ މުހިންމު ބައެވެ. އެބައި އަދާކުރެވޭނީ އެކިމީހުންނަށް އެކިވަރަށް ކަމަށްވާތީއެވެ. ފުރިހަމަ ޙައްލެއް ލިބޭނީ ރޫޙާނީ ބައިވެސް ފުރިހަމަކޮށްގެންނެވެ. 

މިކަންކަްނ ކުރި ގިނަ ބައަކު ބުނެފައިވަނީ ރަނގަޅު ކާމިޔާބެއް ލިބުނު ކަމަށެވެ! ނިކަން ތަޖުރިބާކޮށް ޢަޖުމަ ބަލައިލަބަލާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން