ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ތަފާތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ތަފާތު-

ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ތަފާތަކީ ކޮބާ ހެއްޔެވެ؟

މިކަމުގައި ޢިލްމުވެރިން އިޖުތިހާދުކުރައްވާ ނަބީބޭކަލުންނާ ރަސޫލުބޭކަލުންގެ ބައެއް ތަފާތު ބަޔާންކުރައްވައި ތަޢުރީފުތަކެއް ގެންނަވާފައި ވެއެވެ.  

އޭގެ ތެރެއިން އެންމެ ރަނގަޅު އެއް ތަޢުރީފަކީ: ނަބީބޭކަލުންނަކީ ﷲ ތަޢާލާ، އެބޭކަލުންނަށް ވަޙީ ބާވައިލައްވާ ބޭކަލުންނެވެ. އެބޭކަލުންނަށް ﷲ ތަޢާލާ ވަޙީގެ ޛަރީޢާއިން ދެއްވާ ޚަބަރު، މީސްތަކުންނަށް އެބޭކަލުން ފޯރުކޮށްދެއްވައެވެ. އޭގެ ތެރެއިން، ﷲ ތަޢާލާގެ އަމުރުފުޅާ ޚިލާފުވެ ދެކޮޅުވެރިވަމުންދާ ބައެއްގެ ގާތަށް ފޮނުއްވޭ ބޭކަލުންނަށް ރަސޫލުބޭކަލުންނޭ ކިޔައެވެ. އެހެނަސް ކުރިން ބާވައިލެއްވި ޝަރީޢަތަކަށް ޢަމަލުކުރައްވާ ބޭކަލަކު، ވަކި ރިސާލަތަކާއިގެން ﷲ ތަޢާލާގެ ހަޟްރަތުން ބައެއްގެ ގާތަށް ނުފޮނުއްވާނަމަ އެއީ ހަމައެކަނި ނަބީބޭކަލެކެވެ. އެއީ ރަސޫލުބޭކަލެއް ނޫނެވެ. 

[ބައްލަވާ: النبوات لشيخ الإسلام ابن تيمية (2 / 714 – 717)] 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

އިތުރު ތަފްޞީލް:

https://jamiyyathsalaf.com/1529

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން