ތިބާއަށް ﷲ ތަޢާލާ ރުހިވޮޑިގެންފިނަމަ ތިބާގެ ކިބައިން ފެންނާނެ ފުރަތަމަ ޢަލާމާތް!: ޝައިޚް މުޙައްމަދު ބާޖައުރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ތިބާއަށް ﷲ ތަޢާލާ ރުހިވޮޑިގެންފިނަމަ ތިބާގެ ކިބައިން ފެންނާނެ ފުރަތަމަ ޢަލާމާތް!: ޝައިޚް މުޙައްމަދު ބާޖައުރު

ކޮންމެ މީހަކަށްވެސް އެންމެ ފައިދާބޮޑު ކަމަކަށްވާނީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. ނަމަވެސް ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންފިކަން ޔަޤީންކުރެވޭނެ އެއްވެސް ގޮތެއް މިހާރަކު ނެތެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެ ދޫކުރެއްވެވި ހިސާބުން އެކަން (ދުނިޠެގައި ތިއްބައި) އެނގުންވަނީ ނިމިފައެވެ.

ނަމަވެސް ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންފިނަމަ އެމީހެއްގެ ކިބައިން ފެނިގެންދާނެ ބައެއް ޢަލާމާތްތައް އެބަހުއްޓެވެ. އެއިގެ ތެރެއިން ފުރަތަމަ ޢަލާމާތަކީ އަޅުކަންކުރާހިތްވުމާއި އަޅުކަންކުރުމަކީ ބުރަކަމަކަށް ނުވުމެވެ.  

މިސާލަކަށް ފަރުޟުފަސްނަމާދުކުރުމާއި ސުންނަތް ނަމާދުތައް ކުރުމާއި ސުންނަތް ރޯދަތައް ހިފުމާއި ޙިޖާބު އަޅައި ނިވާވެގެން އުޅުމާއި ޤުރްއާންކިޔަވައި ޤުރްއާނަށް ޢަމަލުކުރާހިތްވުމާއި ޞަދަޤާތްދިނުމާއި އެންމެ ހެޔޮލަފށާ މީހުންގެ ތެރެއިން ވުމަށް ޝައުޤުވެރިވުމާއި މިހެންގޮސް ﷲ ތަޢާލާ ކުރުމަށް އަހަރެމެންނަށް އަންގަވާފައިވާ ކަންކަން ކުރާހިތްވުމާއި އެކަންކަން ކުރުން އެއީ ބުރަކަމަކަށް ނުވުމަކީ އެމީހަކު ދެކެ ﷲ ތަޢާލާ ރުހިވޮޑިގެންފައިވާ ކަމުގެ ޢަލާމާތެކެވެ.

ހަމައެފަދައިން މިކަންކަން ކުރުމަކީ ބުރަކަމަކަށްވާނަމަ ކުރަން ކަންނެތްވެ ފަސްޖެހޭނަމަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އިތުރަށް މަސައްކަތްކުރާށެވެ.

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

 

މިއަދު އޮންލައިން