ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ ޚާއްޞަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި

މާލޭގެ މައިގަނޑު މަގުތަކުން ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ ޚާއްޞަ އޮޕަރޭޝަނެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ފަށައިފިއެވެ. މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 150 ސައިކަލު ވަނީ ޓޯވުކުރެވިފައެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، ޓޯވުކުރެވޭ އުޅަނދުތައް 7 ދުވަހުގެ ތެރޭގައި ވެރިފަރާތުން ގެންދަންޖެހޭނެއެވެ. އަދި 2 މަސްދުވަހުގެ ތެރޭގައި ނުގެންދާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާޠިލުކޮށް، އެ އުޅަނދުތައް ނައްތާލެވޭނެ ކަމަށްވެސް ފުލުހުން ވަނީ އަންގަވާފައެވެ.

މި އޮޕަރޭޝަނަކީ މަގުތައް ތަރުތީބުކުރުމުގެ ޚާއްޞަ މަސައްކަތްތަކުގެ ތެރެއިން ހިންގޭ އެއް މަސައްކަތެވެ. މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި މަސައްކަތުގައި އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި އޮޕަރޭޝަން ކުރިއަށްދާނެ މުއްދަތެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މާލޭގެ މަގުތަކުގައި ގަވާއިދާ އެއްގޮތަށް ޕާކުކުރުމަށް އާންމުންނަށް އިލްތިމާސްކުރައްވާފައިވެއެވެ.

މިއަދު އޮންލައިން