މިއަހަރަކީ ޒަކާތަށް އެންމެ ގިނަ ފައިސާ ލިބުނު އަހަރު! އަމާޒަކީ މަދުވެގެން އަހަރަކު ސަތޭކަ މިލިއަން ރުފިޔާ ލިބުން!: ޑރ. ޝަހީމް

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
މިއަހަރަކީ ޒަކާތަށް އެންމެ ގިނަ ފައިސާ ލިބުނު އަހަރު! އަމާޒަކީ މަދުވެގެން އަހަރަކު ސަތޭކަ މިލިއަން ރުފިޔާ ލިބުން!: ޑރ. ޝަހީމް

މި އަދާ ހަމައަށް 2024 ވަނަ އަހަރު ޒަކާތު ފަންޑަށް 98 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ޒަކާތަށް ފައިސާ ލިބުނު އަހަރުކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާލުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ އަމާޒަކީ އަހަރަކު މަދުވެގެން 100 މިލިއަނަށް ފަންޑު އިތުރުކުރެވުން ކަމަށެވެ. އަދި ޝަރުޢީ އަސާސްގެ އަލީގައި ޒަކާތުގެ ޙައްޤުވެރިންނަށް ފުޅާދާއިރާއެއްގައި އެހީތެރިވުކަމަށެވެ.

މިއީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޒަކާތުގެ ޚާއްޞަ އިދާރާއެއްގެ އުފެެއްދުމުގެ ހެޔޮ ނަތީޖާ ކަމަށްވެސް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޒަކާތަށް މީހުން ދައްކާ ފައިސާ ޚަރަދުކުރަމުން އަންނަ ގޮތުގެ ތަފްޞީލްތައް އިސްލާމިކް މިނިސްޓްރީން ގެންދަނީ ހާމަކުރަމުންނެވެ. ފަޤީރުންނަށް ބަހާ ފައިސާގެ އިތުރުން ބޭސްފަރުވާ ކުރުމަށާއި ތައްލީމަށާއި ޞިއްޙީދާއިރާއަށާއި ދަރަނިވެރިންގެ ދަރަނި އަދާކުރުން ފަދަ މުހިންމު އެތައް ކަމަކަށް (ޝަރީޢާ ހުއްދަކުރާ) ޒަކާތު ފަންޑުން ގެންދަނީ ޚަރަދުކުރަމުންނެވެ.

 

މިއަދު އޮންލައިން