މިއަހަރުގެ ތެރޭގައި 5،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލެވިފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޝަމްޢާން ވިދާޅުވީ، އަންނަ އަހަރު މި އަދަދު ދެގުނަ ކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މިކަމަށްޓަކައި އެކި ގޮތްގޮތުން މަސައްކަތްތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަންނަ އަހަރު އަތޮޅުތަކަށް ޒިޔާރަތްކޮށް ޤަވާއިދާ ޚިލާފު ބިދޭސީން ދެނެގަތުމަށް ރޭވިފައިވާ ކަމަށާއި، މިކަމަށްޓަކައި ޚާއްޞަ ޓީމުތަކެއް އެކުލަވާލެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ބިދޭސީންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑުމެން މިހާރު މިތިބީ މިކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތްތައް އަވަސްކުރަމުން," ޝަމްޢާން ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން އިޖްތިމާޢީ އަދި އިޤްތިޞާދީ އިޤްތިޞާދީ ގޮތުން ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށް ޝަމްޢާން ފާހަގަކުރެއްވިއެވެ. މިކަމަށް ހައްލު ހޯދުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އިމިޤްރޭޝަން ވޮޗް" އަށް ލިބޭ ޝަކުވާތަކަށް ބިނާކޮށް ރެއިޑު އޮޕަރޭޝަންތައް ހިންގަމުންދާއިރު ލޯކަލް މާރުކޭޓު ސަރަހައްދުގައި ރެއިޑު އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނުފޫޒުގަދަކަމަށް "އިމިގްރޭޝަން ވޮޗް" އަށް މައުލޫމާތު ލިބިފައިވާ ދެ ސަރަހައްދެއް ކަމަށްވާ މާލޭގެ ލޯކަލް މާރުކޭޓު އަދި ހީނާމާގޭ ޕާކިންގ ސަރަހައްދަށް ހާއްސަކޮށް، ޓާސްކުފޯހުން މިއަދު ވަނީ ހާއްސަ ރެއިޑު އޮޕަރޭޝަނެއް ހިންގާފައި. އެގޮތުން 137 ބިދޭސީން… pic.twitter.com/HmGtNbzzee
— Maldives Immigration (@ImmigrationMV) December 25, 2024