5 އަހަރުގެ ކުއްޖަކު ޤުރްއާން ހިތުދަސްކޮށް މުރާޖިޢާކުރަން އެދިއްޖެ! މާޝާﷲ

މިއަދު
ކިޔުމަށް ހޭދަވާނީ 52ސ
5 އަހަރުގެ ކުއްޖަކު ޤުރްއާން ހިތުދަސްކޮށް މުރާޖިޢާކުރަން އެދިއްޖެ! މާޝާﷲ

ޢުމުރުން 5  އަހަރުގެ ކުއްޖަކު ޤުރްއާން ހިތުދަސްކޮށް މުރާޖިޢާކުރަން އެދިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޑރ. ޝަހީމް ވިދާޅުވީ މިއަހަރު 28 ފަރާތަކުން ޙާފިޡް ކަމުގެ އިމްތިޙާން ނިންމާފައިވާ ކަމަށާއި 

3 ފަރާތަކުން އިމްތިހާން ހަދަމުން އެބަގެންދާ ކަމަށެވެ. އަދި 2 ފަރާތަކުން އިމްތިހާން ހަދަން ތައްޔާރުވެފަ އިވާ ކަމަށެވެ. 

އިސްލާމިކް މިނިސްޓަރުކަމުގައި ޑރ. ޝަހީމް ކުރިން ހުންނެވިއިރުވެސް ހާފިޡުން އިތުރުކުރުމަށް ވަނީ ޕްރޮގްރާމްތަކެއް ހިންގަވަން ފަށްޓަވައިފައެވެ. އަދި މަޤާމުން އެއިރު އިސްތިޢުފާ ދެއްވުމަށްފަހުވެސް އެކަމަށް ވަނީ މަސައްކަތްތަކެއް ކުރައްވައިފައެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ޙާފިޡުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރެވިފައިވާއިރު މިއަހަރަކީ ޙާފިޡުންގެ އަގު ވަޒަންކުރުމަށް ސަރުކާރުން އެންމެ ގިނަ މަސައްކަތްތައް ކުރި އަހަރެވެ. އެގޮތުން ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ ޕްރޮގްރާމެއްވެސް ވަނީ ފަށްޓަވައިފައެވެ.

 

މިއަދު އޮންލައިން