ކުއްޖަކު ވަކި ދުވަހެއްގަ ނޫނީ ވަކިތަނެއްގަ ވިހެއުމަކީ ވަކި ޚާއްޞަ ކަމެއް ލިބޭ ކަމެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކުއްޖަކު ވަކި ދުވަހެއްގަ ނޫނީ ވަކިތަނެއްގަ ވިހެއުމަކީ ވަކި ޚާއްޞަ ކަމެއް ލިބޭ ކަމެއްތަ؟

ކުއްޖަކު ވަކި ދުވަހެއްގަ ނޫނީ ވަކިތަނެއްގަ ވިހެއުމަކީ ވަކި ޚާއްޞަ ކަމެއް ލިބޭ ކަމެއްތަ؟ 

ކިޔުންތެރިޔާގެ ސުވާލަށް ދޭންއޮތް ޖަވާބަކީ މުސްލިމުންގެ ޚާއްޞަ ދުވަހަކު ނުވަތަ މުސްލިމުންގެ ޚާއްޞަ ތަނެއްގައި ވިހައިފިނަމަ އެކުއްޖާއަކީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުންނާނެ ކުއްޖަކަށް ހެދުމަށް ކުރާ މަސައްކަތުގައި އިތުރަށް ހިތްވަރުލާށެވެ! 

އެހެނީ ކޮންމެ ދުވަހަކު އަދި ކޮންމެ ތަނެއްގައި ވިހެއިނަމަވެސް އެކުއްޖަކަށްވެސް އާޚިރަތް ލިބެން އޮތީ އެކުއްޖާ ކުރާ ޢަމަލުތަކުގެ މައްޗަށެވެ. ދުނިޔޭގައި އުޅުނު ގޮތުގެ މައްޗަށެވެ. ވީމާ ވަކި ދުވަހަކު ނުވަތަ ވަކިތަނެއްގައި އުފަންވުމަކީ ސުވަރުގެ ވައްދަވާނެ އަޅަކަށްވާނެ ކަމަށް ދެކެ ތަރުބިއްޔަތުކުރުމުގައި އިހްމާލުވެގެން ނުވާނެއެވެ. 

މަސްޖިދުއްނަބަވީގަ އުފަންވި ކުއްޖެއްގެ ވާހަކަ- ވަރަށް މަދުން މެދުވެރިވާ ކަމެއް! 

މަސްޖިދުއްނަބަވީގެ ހަރިންމަ ތެރޭގައި އަންހެނަކު ވިހައިފި ކަމަށާއި އެއީ ވަރަށް މަދުން ނޫނީ ދިމާވެފައިވާ ކަމެއް ނޫން ކަމަށް ސައުދީ ރެޑްކްރެސެންޓން ބުނެފިއެވެ. 

ރެޑްކްރެސެންޓްގެ ޑިރެކްޓަރ ޖެނެރަލް ޑރ. އަޙްމަދު ބިން ޢަލް ޒަހްރާނީ ވިދާޅުވެފައިވަނީ އެމްބިޔުލާންސަށް ގުޅުމުން ޓީމަށް ދެވުނުއިރު އަންހެންމީހާ ވިހަނީ ކަމަށެވެ. "އެއިރުވެސް ފެންދުލި ފަޅައިގެންގޮސް ކުއްޖާގެ ބޯވަނީ ބޭރަށް ނުކުމެފަ. އެނާޒުކު ޙާލަތުގައި މެޑިކަލް ޓީމުންވަނީ އެހީތެރިކަން ފޯރުކޮށްދީފައި." 

އޭނާއަށް އެހީތެރިވީ ޓީމުގައި ހިމެނޭ ޞިއްހީ އެހީތެރިއަކު ކަމަށެވެ. ވިހެއުމުން ބަބް އަލް ޖިބްރީލް މެޑިކަލް ސެންޓަރަށް ގެންގޮސް އިތުރު ފަރުވާ ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. 

މުސްލިމުންގެ ދެވަނައަށް އެންމެ މުޤައްދިސް ބިނާ ކަމުގައިވާ މަސްޖިދުއްނަބަވީގެ ޙަރިންމަ ތެރޭގައި ވިހެއި ކުއްޖާއަށާއި އޭނާގެ މައިންބަފައިންނަށް ﷲ ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާށި! އާމީން 

- ގުޅުންހުރި ލިޔުން: ސައުދީ ގެޒެޓުން:

https://saudigazette.com.sa/article/627304/SAUDI-ARABIA/Woman-gives-birth-in-the-courtyard-of-Prophets-Mosque

 

 

މިއަދު އޮންލައިން