ޙަދީޘްފުޅުގައި އޮތީ "ﷲ ތަޢާލާއަށްޓަކައި މީހަކު ދެކެ ލޯބިވެއްޖެ މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙައްޤުވެއްޖެ" ކަމަށެވެ. އެއްވެސް މީހަކަށް ﷲ ތަޢާލާގެ ލޯބިފުޅުވެ ވޮޑިގަތުން ޙާޞިލުކުރެވިއްޖެނަމަ އެއޮތީ ސުވަރުގެ ގަރަންޓީ ކުރެވިފައެވެ. އެއަށްވުރެ ވަކިން ބޮޑު ނިޢުމަތެއް ވޭހެއްޔެވެ؟
ނަމަވެސް މިއަދުގެ ޙާލަތަކީ މީސްތަކުންގެ އަމިއްލަ އެދުން ބޮޑުވީވަރުން މީހަކު ދެކެ ލޯބިވަނީވެސް އެމީހެއްގެ ކިބައިން ކޮންމެވެސް ކަމަކަށް ބޭނުންވެގެންނެވެ. ތަނަވަސްކަން، އެހީތެރިކަން، ކައިވެނީގެ ތެރެއިން ތިމާއަށް ބޮޑު މަންފާއެއް ލިބުން މިހެންގޮސް ކޮންމެވެސް އަމިއްލަ އެދުމަކަށެވެ.
ﷲ ތަޢާލާއަށްޓަކައި މީހަކު ދެކެ ލޯބިވަނީ ކާކުހެއްޔެވެ؟ މިހެން ސުވާލުކުރަން މިޖެހެނީ އަމިއްލަ އެދުމެއް ނެތި، ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި މީހަކުދެކެ ލޯބިވެގެން އުޅޭ މީހުން ފެންނަލެއް ހަމަ މަދުކަމުންނެވެ. އެފަދަ މީހުން ފެންނަލެއް މަދުކަމުން އެފަދަ މީހަކު ނުފެންނަކަމަށް ބުނިނަމަވެސް ދޮގަކަށްނުވާހައި މަދުކަމުންނެވެ.
އެހެންނަމަވެސް ﷲ ތަޢާލާ އަންގަވާފައިވަނީ ކީކޭކަން އެނގޭހެއްޔެވެ؟ މިޙަދީޘްފުޅަށް ބަލާށެވެ!
Ahmad (22002) narrated from ‘Ubaadah ibn as-Saamit that the Messenger of Allah (blessings and peace of Allah be upon him) said:
“[Allah says:] ‘My love is due for those who love one another for My sake; My love is due for those who visit one another for My sake; My love is due for those who help one another for My sake; My love is due for those whose hearts are free of grudges and who uphold ties with one another for My sake.’”
Classed as saheeh by al-Albaani in Saheeh al-Jaami‘ (4321)
ޙަދީޘްފުޅުގެ މާނައިގައި އެވަނީ: "ﷲ ތަޢާލާއަށްޓަކައި މީހަކު ދެކެ ލޯބިވެއްޖެ މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙައްޤުވެއްޖެ ކަމަށެވެ. ﷲ ތަޢާލާއަށްޓަކައި މީހަކަށް ޒިޔާރަތްކޮށްފި މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙައްޤުވެއްޖެ ކަމަށެވެ. ﷲ ތަޢާލާއަށްޓަކައި މީހަކަށް އެހީތެރިވެއްޖެ މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙައްޤުވެއްޖެ ކަމަށެވެ. ﷲ ތަޢާލާއަށްޓަކައި ހަސަދަވރިކަމުންނާއި ބަދަލުހިފުމުގެ ރޫހުން ޙިތް ޠޯހިރުކޮށް ތިމަން ﷲ އަށްޓަކައި މީސްތަކުންނާއި ގުޅުންބާއްވާ މީހަކަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ޙައްޤުވެއްޖެ ކަމަށެވެ."
- އިސްލާމީ ތިލަފަތުގެ ދަރުސަކުން