ދަތިއުނދަގޫ ޙާލަތުން ސަލާމަތްކޮށްދެއްވެވުމަށާއި އިމްތިޙާންތައް ފަސޭހަވުން އެދިގެން ކުރާނެ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ދަތިއުނދަގޫ ޙާލަތުން ސަލާމަތްކޮށްދެއްވެވުމަށާއި އިމްތިޙާންތައް ފަސޭހަވުން އެދިގެން ކުރާނެ ދުޢާއެއް!

ދަރިވަރުންނަކީ ވަކި ޢުމުރެއްގެ ބައެއް ނޫނެވެ. މިހާރު ހުރިހާ ޢުމުރެގެވެސް ގިނަ ބައަކި ކިޔަވައެވެ. އިމްތިޙާންތައް ހަދައެވެ. އެއިމްތިޙާނުތަކުން ފާސްވާންވެސް ބޭނުންވެއެވެ. ވީމާ ތައްލީމް ޙާޞިލުކުރަމުން ގެންދަންވާނީ ތިމާކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވަވާނެ މަގުންނެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުންނެވެ. 

ހަމައެއާއިއެކު ދަރިންނަށްވެސް އެކަން ވިސްނައިދޭންވާނެއެވެ. ގިނަގިނައިން ﷲ ތަޢާލާގެ މަތިން ހަނދާންކޮށް ވާގިއެދެން ނަޞޭޙަތްދޭންވާނެއެވެ. އެކަމުގެ ފައިދާ ކުއްޖާގެ މުޅި ޢުމުރުގައިވެސް ކުރާނެއެވެ. އިން ޝާ ﷲ 

އިމްތިޙާނަށް ކޮންމެ ދަރިވަރަކުވެސް ތައްޔާރުވަނީ އެތައް މަސައްކަތަކުންނެވެ. އިމްތިޙާނަކީ ތިމާގެ މުޅި ޙަޔާތާއި ގުޅިފައިވާ އެންމެ މުހިންމު އެއް ބިންގަލެވެ. އެހެނީ އިމްތިހާނުގެ ނަތީޖާ އެމީހާގެ މުޅި ޙަޔާތުގައިވެސް މުހިންމު ދައުރެއް އަދާކުރާނެތީއެވެ. އެހެންކަމުން އިންސާނުންގެ ޙަޔާތުގައި އެންމެ މުހިންމު ކަމެއްދޭ އެއްކަމަކީ އިމްތިހާނުތަކެވެ. އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރާ އެއްކަމަކީ އިމްތިޙާނުތަކުން ފާސްވުމަށެވެ. އަދި އެންމެ ގިނަ ވަގުތާއި ފައިސާ ހޭދަކުރަނީ ވެސް އިމްތިޙާންތަކަށް ތައްޔާރުވުމަށެވެ! 

ކިޔެވުމުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް އެންމެ މުހިންމު ކަމަކީ ތަޤްވާވެރިކަންމަތީގައި ހުރެގެން ދުޢާކުރުމެވެ. ތަޤްވާވެރިވުމާއި ދުޢާކުރުމަކީ ޗޭނުގެ ދެބޮޅެވެ. ވަތްކެއް ނުކުރެވޭނެއެވެ. ދުޢާކުރަންވާނީ ތަޤްވާވެރިވާން މަސައްކަތްކުރަމުންނެވެ. ދެކަންތައް ގުޅުވައިލެވެންޖެހޭނެއެވެ. 

އެހެނީ ކޮންމެ ކަމެއްވެސް އަހަރެމެންނަށް ޙާޞިލުކުރެވޭނީ ﷲ ތައާލާ އެކަމެއް ޙާޞިލުކުރައްވަވައި ދެއްވެވުމުންނެވެ. އަދި އަހަރެމެންކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުމުންނެވެ. 

އިމްތިޙާންތަކުން ފާސްވުމަށްވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ އެކަމަށް އެދި ﷲ ތަޢާލާއަށް ދުޢާކުރުމެވެ. އެހެނަސް ގިނަ ބައަކު ވަނީ ދުޢާކުރުންމަތިން ހަނދާންނައްތާލައިފައެވެ. އަބަދުވެސް ވިސްނަންވީ ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ކާމިޔާބު ލިބުން ވަނީ ﷲ ގެ ޙަޟްރަތުން ކަމެވެ.

މިދުޢާއަކީ އިމްތިޙާނުން ފާސްވުމަށާއި ދަތި އުނދަގޫ ޙާލަތުގައި ކުރަން އޮތް ދުޢާއެކެވެ. ގިނަ ބައަކު މިފަދަ ދުޢާތައް ދަނެއެވެ. ބޭނުމަކީ ދުޢާކުރަން ހަނދުމަކޮށްދިނުމެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމުގެ ވިސްނުން ކުރިއަށް ނެރެން ހަނދުމަކޮށްދިނުމެވެ.

اللهُمَّ لا سَهْلَ إلا مَا جَعَلتَهُ سَهْلا وَ أنتَ تَجْعَلُ الحزْنَ إذا شِئْتَ سَهْلا 

މި ދުޢާގެ މާނައީ: "ހައްދަވައިގެންގުޅުއްވަވާ އިލާހްއެވެ. އިނބަ ﷲ ފަސޭހަ ކުރެއްވެވި ކަމެއް މެނުވީ ފަސޭހައެއް ނުވާނެއެވެ. އިނބަ ﷲ އިރާދަކުރައްވަވައިފިނަމަ ދަތިއުނދަގޫ ކަންކަން ފަސޭހަކޮށްދެއްވަވައެވެ.!"

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން