ސުނާމީ ދުވަސް: މަސްޖިދު ރަހުމަތުالله ލަމްޕޫކް- ވަށައިގެންހުރި ހުރިހާ ޢިމާރާތްތައް ވެއްޓުނުއިރުވެސް ސަލާމަތުންހުރެ އެތައް ހާސް ބައަކަށް ޚިދުމަތް ދިން މިސްކިތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ސުނާމީ ދުވަސް: މަސްޖިދު ރަހުމަތުالله ލަމްޕޫކް- ވަށައިގެންހުރި ހުރިހާ ޢިމާރާތްތައް ވެއްޓުނުއިރުވެސް ސަލާމަތުންހުރެ އެތައް ހާސް ބައަކަށް ޚިދުމަތް ދިން މިސްކިތެއް!

2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑިއާ ކަނޑަށް އައި ބިންހެލުމެއްގެ ސަބަބުން 100 ފޫޓާ ހަމައަށް އުސްމިނުގައި ރާޅުތައް އުފުލި ވަރަށް ބޮޑު ސުނާމީއެއް ކުރިމަތިވިއެވެ. މި ކަމުގެ ސަބަބުން ވަށައިގެންވާ ޤައުމުތަކަށް، ޚާއްސަކޮށް އިންޑޮނޭޝިޔާގެ ޖަޒީރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެކަމުގެ ސަބަބުން ގާތްގަނޑަކަށް 250،000 މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވޭއިރު، މިއީ ތާރީހުގައި ރެކޯޑްކުރެވުނު އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާތަކުގެ ތެރެއިން އެއް ކާރިސާ އެވެ. މަރުވި އެ މީހުންގެ ތެރެއިން ގާތްގަނޑަކަށް 170،00 މީހުންނަކީ އާޗޭގެ މީހުންނެވެ. 

އެރި ލޮނުގަނޑު ހިނދެން ފެށުމުން އިންޑޮނޭޝިއާގެ މަސްޖިދު ރަހުމަތުالله ލަމްޕޫކް އުސްކޮށް ހުރިތަން ފެނިގެން ދިޔައިރު، ވަށައިގެން ހުރި ހުރިހާ ޢިމާރާތްތަކެއް ވަނީ ނެތިގެން ގޮސްފައެވެ.  

މި މިސްކިތުގައި ހުރިހާ އެއްޗެއް ގެއްލިފައިވާ އެތައް ހާސް ބަޔަކަށް ހިޔާވަހިކަމާއި ރައްކާތެރިކަން ފޯރުކޮށްދިންއިރު، މަސްޖިދަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބި، ފާރުތަކުގައި ރެނދުތަކެއް ހުރި ނަމަވެސް، އޭގެ މައިގަނޑު ބިންގާތައް އަދިވެސް ވަރުގަދަކޮށްހުރުމުން އެއީ އާޗޭގެ ރައްޔިތުންނަށް ފަޚުރަކަށް ވެގެން ދިޔައެވެ. 

އެއިގެ ފަހުން މަސްޖިދު މަރާމާތުކުރުމަށް ކޮންމެވެސް ވަރެއްގެ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރެވިފައިވާއިރު، 2006 ވަނަ އަހަރު ތުރުކީގެ ރެޑް ކްރެސެންޓުން ވެސް ވަނީ އެހީތެރިވެދީފައެވެ. އަދި އެހެން ފަރާތްތަކުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.  

އެކާރިސާގައި ހާލުގައި ޖެހިފައިވާ މިހާރުވެސް ތިބުމާއިއެކު އެމީހުންނަށް الله  ތަޢާލާ ރަހްމަތް ލައްވަވާށިއެވެ! ކާރިސާގައި މަރުވި މީހުންނަށް، ޝާހީދުންގެ ދަރަޖަ ދެއްވަވާށިއެވެ. އާމީން

 

މިއަދު އޮންލައިން