އެމްއެންޑީއެފް ޑްރޯންގެ އެހީގައި ރާއްޖެ ސަރަހައްދުން ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އެމްއެންޑީއެފް ޑްރޯންގެ އެހީގައި ރާއްޖެ ސަރަހައްދުން ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަތުލައިގެންފިއެވެ. މި ބޯޓު އަތުލައިގަތީ އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯންގެ އެހީގައި ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، މި ބޯޓު އަތުލައިގަތީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނުގައި އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯންގެ އެހީގައި ހީގައި ބޯޓު ލޮކޭޓްކުރުމަށްފަހު، ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވުނެވެ.

މިދިޔަ ހޯމަ ދުވަހުވެސް ރާއްޖެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ޑިންގީއެއްގައި އުޅުނު ބޭރު ޤައުމެއްގެ ބަޔަކު ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސް، ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

މި ހާދިސާތަކުން ދައްކުވައިދެނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފްގެ ދައުރުގެ މުހިންމުކަމެވެ. އަދި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ރާއްޖޭގެ ސަރަހައްދު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތުގެ ކާމިޔާބީއެވެ. 

މިއަދު އޮންލައިން