ޙަޤީޤީ ލޯބިވާ ބައިވެރިއަކު ނުކުރާނެ 3 ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޙަޤީޤީ ލޯބިވާ ބައިވެރިއަކު ނުކުރާނެ 3 ކަންތައް-

ލޯތްބަކީ ކިބައިކަމާއި ލޯބިވުމަކީ ކޮބައިކަން ގިނަބައަކަށް ނުވެސް ވިސްނެއެވެ. ނުވަތަ ވިސްނެނީ ވަރަށް ގޯސްކަށެވެ. އެކަމުގެ ވަރަށް ސާފު ހެއްކެއް ދައްކާނަމެވެ. 

ބައެއް މީހުން ބުނެއެވެ. "އަހުރެންގެ ބައިވެރިޔާ އަހުރެންނަށް އިހްމާލުވެއެވެ. މަކަރުވެސް ހަދައެވެ. ބޭވަފާތެރިވެސް ވެއެވެ. އެކަމަކުވެސް އޭނާ އަހުރެން ދެކެ ވަރަށް ބޮޑަށް ލޯބިވާކަން އަހުރެންނަށް އެނގެއެވެ." 

ނިކަން ބުނެބަލާށެވެ! ބައިވެރިޔާ ތިބާދެކެ ޙަޤީޤީ ލޯބިވާނަމަ ތިބާއަށް އިހްމާލްވާނެ ހެއްޔެވެ؟ މަކަރުހަދާނެ ހެއްޔެވެ؟ ބޭވަފާތެރިވާނެ ހެއްޔެވެ؟ ޖަވާބަކީ އެއްިން އެއްވެސް ކަމެއް ނުކުރާނެ ކަމެވެ. އެއީ ހަމަ ވަރަށް ބޮޑަށް ޔަޤީންވާ ކަމެކެވެ. 

އެކުވެރިންނޭވެ! ޙަޤީޤީ ލޯބިވާ މީހަކު އޭނާގެ ބައިވެރިޔާއަށް ސަމާލުކަންދޭނެއެވެ. މަކަރެއް ނުހަދާނެއެވެ. ބޭވަފާތެރިއެއްވެސް ނުވާނެއެވެ. ސަބަބަކީ މި 3 ކަމަކީވެސް ބައިވެރިޔާއާއި ވަކިވާންޖެހުން ވަރަށް ގާތް 3 ކަންތައް ކަމުގައިވާތީއެވެ. ޙަޤީޤީ ލޯބިވާނަމަ ބައިވެރިޔާ ގެއްލެން ބޭނުންނުވާނެތީއެވެ. އަބަދުވެސް އެކުގައި އުޅެން ބޭނުންވާނެތީއެވެ. 

އެކުވެރިންނޭވެ! މިޙަޤީޤަތަށް ބަލައިގެން ލޯބިވުމުގައި މިންއަޅާށެވެ! ޙަޤީޤީ ލޯބިވުމަކީ ދުލުން ލޯބިވާކަމަށް ބުނުމެއް ނޫނެވެ. ބައިވެރިޔާ ތިމާއާއި ވަކިވެދާނެ އެއްވެސް ކަމެއް ނުކުރުމެވެ.

 

- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ވާހަކަފުޅުން

މިއަދު އޮންލައިން