ހުކުރުދުވަހުގައިވާ ދުޢާ އިޖާބަކުރެއްވޭ ވަގުތު-: އިމާމް އަޙްމަދުގެ ބަސްފުޅުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ހުކުރުދުވަހުގައިވާ ދުޢާ އިޖާބަކުރެއްވޭ ވަގުތު-: އިމާމް އަޙްމަދުގެ ބަސްފުޅުން

ހުކުރު ދުވަހުގައިވާ ދުޢާ ޢިޖާބަ ކުރައްވަވާނެ ވަޤުތުކޮޅު ދެނެގަންނަން ގިނަ ބައަކު ބޭނުންވެއެވެ. އެއީ އެވަޤުތުކޮޅުގައި ދުޢާކޮށްފިނަމަ ޢިޖާބަކުރައްވަވާނެތީއެވެ. ނަމަވެސް އެވަޤުތުކޮޅު ޔަޤީންކަމާއިއެކު އެނގޭނެ ގޮތެއް ނެތެވެ. 

މިއަދުނޫހަށް ވަރަށް ފަހުން އެނގިފައިވާ ކަމެއް ބުނެލާނަމެވެ. މީހަކަށް ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެގެން އެކަން ހިންމަވައި ދެއްވެވުން އެދިގެން ދުޢާކުރުންމަތީގައި ހުކުރު ދުވަހުގެ އެންމެ ފަހު ސާޢަތުގެ ވަޤުތުތައް ހޭދަކުރިއެވެ. 

އޭނާ އެދުނު 2 ކަންތައްވެސް އޭނާއަށް ހިންމަވައި ދެއްވެވިއެވެ. އޭނާއަކީ ވަރަށް ތަޤްވާވެރި އަޅެކެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. 

ތިރީގައި އެވަނީ އިމާމް އަޙްމަދު ރަޙިމަހުﷲގެ ބަސްފުޅެވެ. 

އިމާމު އަޙްމަދު رحمه الله ވިދާޅުވިއެވެ. 

(ހުކުރުދުވަހުގައިވާ ދުޢާ އިޖާބަކުރެއްވޭ ވަގުތާ ބެހޭގޮތުން އައިސްފައިވާ) ގިނަ ޙަދީޘްތަކުގައި އައިސްފައިވަނީ އެއީ ޢަޞުރު ނަމާދު ފަހުގައިވާ ވަގުތުކޮޅެއް ކަމަށެވެ. އަދި މެންދުރު އިރުމެދުން ފިލީއްސުރެވެސް ދުޢާ އިޖާބަކުރެއްވޭނެކަމަށް އުންމީދުކުރެވެއެވެ. 

(سنن الترمذي (2 / 360)).

 

- އިމާމް އަޙްމަދު ރަޙިމަހުﷲގެ ބަސްފުޅު: އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން