ހެޔޮ ނަޞޭޙަތެއް!: ފާފަނުކުރުމުން ލިބޭނެ ބައެއް ފައިދާތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ހެޔޮ ނަޞޭޙަތެއް!: ފާފަނުކުރުމުން ލިބޭނެ ބައެއް ފައިދާތައް!

ފަހެ ތައުބާގެ ދޮރުގައި ޓަކިޖަހާށެވެ.

އަދި ފާފަތަކުގެ ދޮރު ބަންދުކުރާށެވެ.

އެއީ ބާއްޖަވެރިކަމުގެ ރަހަ ލިބުމަށްޓަކައެވެ.

ހިތަށް ޢާފިޔަތު ލިބެނީ ފާފަކުރުން ދޫކޮށްލުމުންނެވެ.

ފާފަތަކަކީ ހިތަށް ދެވޭ ވިހައެއްފަދަ އެއްޗެކެވެ.

އޭގެ ސަބަބުން ހިތް ހަލާކު ނުވެއްޖެއްޔާ، އެ ބަލިކަށިކޮށްލައެވެ.

ފާފަކުރުމުގެ ނިކަމެތިކަމުން ކިޔަމަންގަތުމުގެ ޢިއްޒަތްތެރިކަމަށް ބަދަލުވެއްޖެމީހާގެ އަތުގައި މުދަލެއް ނެތަސް، ﷲ އޭނާއަށް ފުދުންތެރިކަން ދެއްވައެވެ.

އަދި އެކުގައި އުޅޭނޭ މީހަކު އޭނާއާއެކު ނުވިޔަސް އެކަނިވެރިކަންވެސް ފިއްލަވައިދެއްވައެވެ. 

[خطوات إلى السعادة لد. عبد المحسن القاسم (ص: 13)]

 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ 

މިއަދު އޮންލައިން