ނަމަނަމަ މިއިން ކަމެއް މާގިނައިން ނުކުރާށެވެ! ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ނަމަނަމަ މިއިން ކަމެއް މާގިނައިން ނުކުރާށެވެ! ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ!

ކޮންމެ ކަމެއް ކުރަންވެސް އޮތީ ވަކި މިންވަރަކަށެވެ! އެއްވެސް ކަމެއް މާބޮޑަށް ކުރަން އުޅެފިނަމަ ލިބޭ ގެއްލުން މާބޮޑުވާނެއެވެ. ރޭއަޅުކަން ފަދަ އަޅުކަންކުރުމުގައިވެސް ސުންނަތް ނަމާދުތަކުގައި ރަކްޢަތް ގިނަކުރުމާއި ނަމާދު ދިގުކުރުމުގައިވެސް އޮތީ އެމީހަކަށް ކެރިކުޅަދާނަވާ ވަރަކަށް އެކަންކުރުމެވެ. ﷲ ތަޢާލާ މީސްތަކުންގެ ކިބައިން އެދިވޮޑިގަންނަވަނީވެސް މިބުނި މަގުން ޢަމަލުކުރުމަށެވެ. 

ދެން މިބަޔާންކުރަނީ މާގިނައިން އެކަންކަން ނުކުރަންބުނެ ގިނަ ބައަކު ހާމަކުރާ ބައެއް ކަންކަމެވެ. އަދި އެކަންކަން މާގިނައިން ކުރުމުން ލިބޭނެ ގެއްލުމެވެ. 

- މާގިނައިން ވާހަކަ ނުދައްކާށެވެ! ބޭކާރު ވާހަކަ ދެކެވި ދައްކާ ވާހަކައިގެ ފެންވަރު ދަށްވާނެއެވެ. ދޮގުބުނެވުންވެސް ކައިރިވާނެއެވެ. 

- އެއްވެސް ކަމަކާ މާބޮޑަށް ވިސްނޭނަމަ މާޔޫސްބަލީގެ ޝިކާރައަކަށްވާންޖެހުން ކައިރިވާނެއެވެ. 

- މާގިނައިން ރުއިމަކީ ލޮލުގެ ފެނުން ގެއްލޭ ކަމެކެވެ. 

- މީހަކަށް މާބޮޑަށް ސަމާލުކަންދޭނަމަ ނަހަމަ ގޮތުގައި ތިބާގެ ބޭނުން ހިފުމުގެ ފުރުޞަތު ބޮޑުވާނެއެވެ. 

- މީހަކަށް މާބޮޑަށް އިތުބާރުކޮށްފިނަމަ ލަނޑުދިނުން ގާތްވާނެއެވެ. 

- މާގިނައިން، (ހަށިގަނޑަށް ކުޅަދާން ނުވާ ވަރަށް) މަސައްކަތްކުރުމަކީ އަވަހަށް މުސްކުޅިވެ ގައިބާރު ދެރަވާ ކަމެކެވެ. 

- މާބޮޑަށް މޭކަޕްކުރާނަމަ ތިބާގެ ޙަޤީޤީ ސިފައާ ރީތިކަން ގެއްލިގެންދާނެއެވެ. 

 

 

- މިއަދުނޫސް

މިއަދު އޮންލައިން