ހަނދުމަކޮށްދިނުމެއް! 4 ރަކްޢަތް ނަމާދެއްގަ އިމާމާ 3 ރަކްޢަތްކޮށް ސަލާމް ދީފިނަމަ އަމަލުކުރަންޖެހޭ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ހަނދުމަކޮށްދިނުމެއް! 4 ރަކްޢަތް ނަމާދެއްގަ އިމާމާ 3 ރަކްޢަތްކޮށް ސަލާމް ދީފިނަމަ އަމަލުކުރަންޖެހޭ ގޮތް!

4 ރަކްޢަތް ނަމާދެއްގައި އިމާމާ 3 ރަކްޢަތް ކުރުމަށްފަހު އައްތަޙިއްޔާތުކިޔަން އިށީނދުއްޖެ ނަމަ މައުމޫމުންނަށް އޮތީ 4 ވަނަ ރަކްއަތަށް ތެދުވުމެވެ. އަދި 4 ވަނަ ރަކްޢަތް ފުރިހަމަކޮށް ނަމާދު ފުރިހަމަކުރުމެވެ. 4 ވަނަ ރަކްޢަތަށް ތެދުވިނަމަވެސު ސުބްހާނަﷲ ކިޔައި އިމާމް މީހާހެ ސަމާލުކަން ހޯދަން މަސައްކަތްކުރަންވާނެއެވެ. އިމާމް މީހާއަށް އެކަން ނުވިސްނި ސަލާމްދީފިނަމަ އެހިސާބުން އެވަނީ އިމާމް މީހާ ޢާއިވަކިވެވިފައެވެ. 

މައުމޫންގެ ތެރެއިން ބައަކަށް އިމާމް މީހާ އާއިއެކު އައްޙިއްޔާތުގައި ބައިވެރިވެވުވުނު ނަމަވެސް އިމާމް މީހާ ސަލާމް ދިނުމުން ސަލާމް ނުދީ ތެދުވެ 4 ވަނަރަކްޢަތް ފުރިހަމަކުރަންވާނެއެވެ. އަދި އެނގިހުރެ އިމާމް މީހާ އާއިއެކު 3 ރަކްޢަތްކޮށް ނިންމާލައިފިނަމަ އެމީހާގެ ނަމާދު ބާޠިލްވާނެއެވެ. އެމީހާއަށް އޮތީ އަލުން ނަމާދުކުރުމެވެ. 

- ޝައިޚް އިބްރާހީމް ފަރީދު 

މާލޭގެ މިސްކިތެއްގައި ރޭގެ ޢިޝާނަމާދުގައިވަނީ މިފަދަ ޙާލަތެއް މެދުވެރިވެފައެވެ. ހިތާމައަކީ ނަމާދުގައި ޣާފިލުވެފައި ތިބެވޭވަރުން ނުވަތަ ޢަމަލުކުރަންޖެހޭ ގޮތް ނުއެނގޭތީ ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވެފައިވާ ގޮތަށް ޢަމަލުކުރެވުނީ ވަރަށް މަދު މީހަކަށް ކަމެވެ. 

އިމާމުންނަކީ ވެސް އިންސާނުން ކަމުގައިވާތީ ކަމެއް އޮޅިދާނެއެވެ. ނަމަވެސް އެކަމަށް ފަރުވާތެރިވުމަކީ މައުމޫމުން ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.  

 

މިއަދު އޮންލައިން