ސުވަރުގެ ލިބިލެއްވުމަށް ދަހިވެތިވެލެއްވި ހެޔޮލަފާ ބޭކަލުން ފަތިސް ނަމާދަށްފަހު އިރުއަރަންދެން ހޭދަކުރެއްވީ އަޅުކަމުގަ! އަޅުގަނޑުމެންގެ ޙާލަކީ ކޮބާ؟ އެންމެ ކުޑަމިނުން ފަތިސްނަމާދުކުރެވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ސުވަރުގެ ލިބިލެއްވުމަށް ދަހިވެތިވެލެއްވި ހެޔޮލަފާ ބޭކަލުން ފަތިސް ނަމާދަށްފަހު އިރުއަރަންދެން ހޭދަކުރެއްވީ އަޅުކަމުގަ! އަޅުގަނޑުމެންގެ ޙާލަކީ ކޮބާ؟ އެންމެ ކުޑަމިނުން ފަތިސްނަމާދުކުރެވޭތަ؟

ސުވަރުގެ ލިބިލެއްވުމަށް ދަހިވެތިވެލެއްވި ހެޔޮލަފާ ބޭކަލުން ފަތިސް ނަމާދަށްފަހު އިރުއަރަންދެން ހޭދަކުރެއްވީ އަޅުކަމުގަ! އަޅުގަނޑުމެންގެ ޙާލަކީ ކޮބައިކަމާއިމެދު ވިސްނާލަން ނުޖެހޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން ފަތިސްނަމާދު އެބަ ކުރެވޭ ހެއްޔެވެ؟  

ފަތިސްނަމާދުކުރުން މާނަމިކުރަނީ ފަތިސްނަމާދުގެ ވަޤުތުގައި ކުރުމަށެވެ. އަހުރެން ޤަބޫލުކުރަނީ ހެނދުނު ހޭލާނެ އިރަކުން ހޭލައިގެން ފަތިސްނަމާދު ޤަޟާކުރުމަކީ ފަތިސްނަމާދުކުރަން ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ފަތިސްނަމާދުކުރުން ނޫން ކަމަށެވެ. ކޮންމެ ނަމާދެއްވެސް ކުރަން އޮތީ އެނަމާދެއްގެ ވަޤުތުގައެވެ. ފަސްކުރެވެން އޮތީ 2 ޢުޛުރެކެވެ. އެއީ ވަޤުތު ވަނީންސުރެ ވަޤުތު ފާއިތުވަންދެން ނިދިފައި އޮތުމާއި ހަނދާން ނެތުމެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފަތިސްނަމާދަށް ހޭފުޅު ނުލެއްވެވުނު ރޭ އަވަހާރަފުޅު ލެއްޕެވީ ފަތިސްނަމާދަށް ހޭފުޅު ނުލައްވަވާކަށް ނޫނެވެ. ހޭފުޅު ލެއްވެވުމަށްޓަކައި ކުރެއްވެން ހުރި ކަންކަން ކުރައްވަވައިގެންނެވެ. ހޭފުޅުލެއްވެވުމަށްޓަކައި ބޭކަލަކުވެސް ބަހައްޓަވައިގެންނެވެ. ވީމާ ފަތިސްނަމާދުގެ ވަޤުތު ފާއިތުވަންދެން ޤަޞްދުގައި ނިދަން އޮތުމެއް ނެތެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

އަލްޙާފިޡް އަލްޢިރާޤީގެ އަޅުވެރިކަން: 

އިބްނު ޙަޖަރު رحمه الله އެކަލޭގެފާނުގެ ޝައިޚެއްކަމުގައިވާ އަލްޙާފިޡް އަލްޢިރާޤީ رحمه الله އާ ބެހޭގޮތުން ވިދާޅުވިއެވެ. 

"ގިނަ ދުވަސްތަކެއް ވަންދެން އެކަލޭގެފާނުގެ އަރިހުގައި ތިމަން އުޅުނީއެވެ. އެ މުއްދަތުގެ ތެރޭގައި އެކަލޭގެފާނު ރޭ އަޅުކަން ދޫކޮށްލެއްވި ތަނެއް ތިމަން ނުދެކެމެވެ. އަދި ކިއެއް ހެއްޔެވެ! އެކަލޭގެފާނުވަނީ އެކަން ކުރެއްވުމަށް އާދަވެފައެވެ.

އަދި ފަތިސްނަމާދުކުރެއްވުމަށް ފަހުގައި، އެ އިންނެވި ތަނެއްގައި އިރުއަރަންދެން ޤިބުލައާ ކުރިމަތިލައްވާ ޢާންމު ގޮތެއްގައި އިންނަވައެވެ. ޛިކުރުކުރުމާއި ކީރިތި ޤުރުއާން ތިލާވަތުކުރެއްވުމުގައި އެގޮތުގައި އިންނަވައެވެ."  

[المجمع المؤسس لابن حجر (2 / 187)] 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން