ހަނދުމަކޮށްދިނުމެއް!: ކަށްވަޅުގަ ވަޅުލެވިފައި އޮންނައިރުވެސް އެކަންކަމުގެ ޘަވާބު ދެމިގެންވާ ގޮތުގަ އެމީހަކަށް ލިބިލިބި ހުންނާނެ 7 ކަމެއް- ޙަދީޘުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ހަނދުމަކޮށްދިނުމެއް!: ކަށްވަޅުގަ ވަޅުލެވިފައި އޮންނައިރުވެސް އެކަންކަމުގެ ޘަވާބު ދެމިގެންވާ ގޮތުގަ އެމީހަކަށް ލިބިލިބި ހުންނާނެ 7 ކަމެއް- ޙަދީޘުން!

އެންމެ ފައިދާހުރި ވިޔަފާރިއަކީ ތިމާ މަރުވުމުންވެސް އެވިޔަފާރީގެ ފައިދާ ތިމާއަށް ލިބިގެންދާނެ ވިޔަފާރިއެކެވެ. އެފަދަ މަތިވެރި ވިޔަފާރި ކުރެވޭނެ ގޮތް އަހުރެމެންނަށް އެބައޮތެވެ! އެ ޙަދީޘްފުޅުގައި އެ 7 ގޮތެވެ. ވީމާ އެތަނުން އެންމެ ވިޔަފާރިއެއް ނަމަވެސް ކުރެވޭ މީހަކަށްވުމަށް މަސައްކަތްކުރަމާ ހިނގާށެވެ! 

ޝައިޚް ޝާފިޢުގެ ބަސްފުޅު: 

عَنْ أَنَسٍ رَضِيَ الله عَنْهُ قَالَ : قَالَ رَسُولُ اللهِ صَلَّى الله عَلَيْهِ وَسَلَّمَ : (سَبْعٌ يَجْرِيْ لِلْعَبْدِ أَجْرُهُنَّ وَهُوَ فِي قَبْرِهِ بَعْدَ مَوْتِهِ : مَنْ عَلَّمَ عِلْمًا ، أَوْ أَجْرَى نَهْرًا ، أَوْ حَفَرَ بِئْرًا ، أَوْ غَرَسَ نَخْلًا ، أَوْ بَنَى مَسْجِدًا ، أَوْ وَرَّثَ مُصْحَفًا ، أَوْ تَرَكَ وَلَدًا يَسْتَغْفِرُ لَهُ بَعْدَ مَوْتِهِ) . ‌ والحديث : حسَّنه الألباني في ” صحيح الترغيب ” ( 959 ) . 

އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

"މަރުވުމަށްފަހުގައި ކަށްވަޅުގައި އޮންނައިރުވެސް އެކަންކަމުގެ ޘަވާބު އަޅާއަށް ދެމިގެންވާ ހަތް ކަމެއްވެއެވެ. ޢިލްމެއް އުނގަންނައިދީފައިވާ މީހާއާއި، ކޯރެއް ދެމޭގޮތް ހަދައިދިން މީހާއާއި، ފެންވަޅެއް ކޮނުނު މީހާއާއި، ރުކެއް އިންދިމީހާއާއި، މިސްކިތެއް ބިނާކުރި މީހާއާއި، މުޞްޙަފެއް ވާރުތަކުރި މީހާއާއި، މަރުވުމަށްފަހުގައި އޭނާއަށްޓަކައި ދުޢާކުރާނެ ދަރި އެއް ދޫކޮށްފައި ދިޔަ މީހާއެވެ." 

މިއީ ޞަދަޤާ ޖާރިޔާ (ދެމިގެންވާ ޞަދަޤާތު) ގެ ބައެއް މިސާލުތަކެވެ. 

އެންމެ މަދުވެގެން މީގެން ކޮންމެވެސް އެއްކަމެއް ކޮށްލުން ކިހިނެއް ވާނެތޯއެވެ؟ 

- ޝައިޚް މުޙައްމަދު ޝާފިޢް

 

މިއަދު އޮންލައިން