ހިތްދަތިކަމުގަ ތިބޭ މީހުންނަށް އެހީވުމުގެ ބޭނުމުގަ ގިނަ ބައަކަށް ދެއްކޭ ވާހަކައިންނާ ވާހަކަ ދެއްކޭގޮތުން ލިބެނީ އިތުރު މާޔޫސްކަން! މިކަންކަމަށް ސަމާލުކަން ނުދީފިނަމަ ވާނީ ދެވޭ އިތުރު އަނިޔާއަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހިތްދަތިކަމުގަ ތިބޭ މީހުންނަށް އެހީވުމުގެ ބޭނުމުގަ ގިނަ ބައަކަށް ދެއްކޭ ވާހަކައިންނާ ވާހަކަ ދެއްކޭގޮތުން ލިބެނީ އިތުރު މާޔޫސްކަން! މިކަންކަމަށް ސަމާލުކަން ނުދީފިނަމަ ވާނީ ދެވޭ އިތުރު އަނިޔާއަކަށް!

އެކުވެރިއަކު ނުވަތަ ގާތް މީހަކު ނުވަތަ ޢާއިލާގެ މީހަކު ނަމަވެސް ހިތްދަތިކަމުގައި އުޅޭނަމަ ކަންބޮޑުވެވޭނެއެވެ. އެހީތެރިވެދޭން މަސައްކަތްވެސް ކުރެވޭނެއެވެ. ނަމަވެސް އެކަންކަން ކުރަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. އަނެކާއަށް އެކަމުން ފައިޑާއެއް ކުރާނެ ގޮތަށެވެ. 

މީހަކު ހިތްދަތިކަމުގައި އުޅޭނަމަ އޭނާއާއި ވާހަކަ ދައްކަންވާނީ ވަރަށް ބޮޑަށް ވިސްނައިގެންނެވެ. 1- އޭނާގެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ބުނެގެން ނުވާނެއެވެ. 2- ކަންކަން ބުނެދޭންވާނީ ވީހައި ކުރުކޮށެވެ. 3- އެއްވާހަކައެއް މާގިނައިން ތަކުރާރުނުކުރާށެވެ! 4- އޭނާއަށް ހިތްދަތިކަން ލިބުނު ކަންތަކުގެ މަތިން ހަނދާންކޮށްދޭންވާނީ އެހެން އެއްވެސް ގޮތެއް ނެތިއްޖެނަމައެވެ. 5- އެކަން އޭނާއަށް މެދުވެރިވީ އޭނާގެ ކުށަކުން ނަމަވެސް އޭނާއަކީ ކުށްވެރިއެއްކަމަށް ނުބުނެ އެކަން ވިސްނައިދޭށެވެ. 6- އެއްވެސް ވާހަކައެއް މާގިނައިން ތަކުރާރުނުކުރާށެވެ. 

މިކަންކަމަށް ސަމާލުކަން ނުދީ ވާހަކަދައްކާނަމަ ހިތްދަތިކަމުގައި ހުރި މީހާއަށް ލިބޭނީ އިތުރު އަނިޔާއެވެ! މާޔޫސްކަން ދާނީ އިތުރަށް ބޮޑުވަމުންނެވެ. އަދި 7 ވަނަ ކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެޙާލުގައި ހުންނަ މީހެއްގެ ގާތުގައި ހިތްވަރުދޭންވެސް ދައްކަންވާނީ ޢިބްރަތްތެރި ވާހަކައެވެ. ދޭންވާނީ ވަރަށް ރަނގަޅު ނަޞޭޙަތެވެ. ތިމާއަށް ވިސްނޭހައި ކަމެއްގެ ވާހަކަ ނުދައްކާށެވެ!

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

 

 

މިއަދު އޮންލައިން