އަހަރު ނިމެނީއެވެ! އަހަރެއް ފެށެނީއެވެ! އަހުރެން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟: މުފްތީ މެންކުގެ ޖަވާބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަހަރު ނިމެނީއެވެ! އަހަރެއް ފެށެނީއެވެ! އަހުރެން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟: މުފްތީ މެންކުގެ ޖަވާބު

އަހަރު ނިމެނީއެވެ! އަހަރެއް ފެށެނީއެވެ! އަހުރެން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟ ކުރެވޭ ސުވާލުގެ ޖަވާބަކީ:  

އަހަރު ފެށުނަސް އަހަރު ނިމުނަސް އަހުރެމެންނަށް ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. ކޮންމެ ރެއަކުވެސް ނިދުމުގެ ކުރިން ތައުބާވެ އެދުވަހު ކުރެވުނު ފާފަތަކާއި އެއިގެ ކުރިންވެސް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް އާދޭސްދެންނެވުމެވެ.  

އަދި ނިދީގައި ތިމަންގެ ފުރާނަ ހިއްޕަވައިފިނަމަ ފުރާނައަށް ރަހްމްކުރެއްވެވުން އެދިގެންނާއި (މަރުނުވެ) ނިދީން ހޭލެވުމަށް އިރާދަކުރައްވަވާނަމަ އިނބަ ﷲ މަތިވެރިކުރައްވަވައި މާތްކުރެއްވެވި އިނބަ ﷲ ގެ އަޅުތަކުންނަށް ރައްކައުތެރިކަން ދެއްވެވިފަދައިން މިއަޅާއަށް ވެސް ރައްކައުތެރިކަން ދެއްވެވުން އެދިގެން ކޮންމެ ރެއަކުވެސް ދުޢާކުރަންވާނެއެވެ.  

މީސްތަކުންނޭވެ! އަހުރެމެންނަށް ކޮންމެ ދުވަހަކުވެސް ކުރަން އޮތް ކަމަކީ ވީހައިގިނައިން އަޅުކަންކުރަން މަސައްކަތްކުރުމެވެ. ފާފައެއް ނުކޮށް ހުންނަން މަސައްކަތްކުރުމެވެ. އެވަރުންވެސް ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތައުބާވުމެވެ.  

ދުޢާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި އެނބުރި އެކަލާނގެ ޙަޟްރަތަށް ދެވުން މިންވަރު ކުރެއްވެވުމެވެ. އާމީން 

- މުފްތީ މެންކުގެ ދަރުސަކުން  

ކުރެވުނު ސުވާލުގެ ޖަވާބުގައި ރޭގަނޑު ކުރަންވީ ކަންތަކުގެ ވާހަކަ އެގޮތަށް ގެންނަވާފައިވާ ސަބަބު ކަމަށް ބެލެވެނީ އައު އަހަރު ފާހަގަކުރުމުގެ ކަންކަން އެންމެ ބޮޑަށް ހިންގަނީ 31 ވަނަ ދުވަހުގެ ރޭ ކަމަސްވާތީ ކަމަށް ބެލެވެއެވެ. 

މިއަދު އޮންލައިން