ނޭވާލުމުގެ ނިޢުމަތް: އިންސާނާއަށް ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން އެންމެ ކުޑަ އެއް ނިޢުމަތް: އިބްނުލް ޤައްޔިމު ރަޙިމަހުﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ނޭވާލުމުގެ ނިޢުމަތް: އިންސާނާއަށް ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން އެންމެ ކުޑަ އެއް ނިޢުމަތް: އިބްނުލް ޤައްޔިމު ރަޙިމަހުﷲ

ނޭވާލުމުގެ ނިޢުމަތް: 

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ. 

"އިންސާނާއަށް ދެއްވާފައިވާ ގިނަގުނަ ނިޢުމަތްތަކުގެ ތެރެއިން އެންމެ ކުޑަ އެއް ނިޢުމަތަކީ ނޭވާލުމުގެ ނިޢުމަތެވެ. އެއީ ނިޢުމަތެއްކަން ވަރަށް ގިނަ މީހުންގެ ހިތަށް ނުވެސް އަރައެވެ. ދުވާލަކު ގާތްގަނޑަކަށް 24000 ފަހަރު މީހަކު ނޭވާލައެވެ. ފަހެ މިއީ އެންމެ ކުޑަ ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާއިރު އަދި މިއީ ރެއަކާއި ދުވާލެއްގެ މައްޗަށް ލިބޭ 24000 ނިޢުމަތަށް ވާއިރު، ފަހެ މިއަށް ވުރެ ބޮޑެތި ނިޢުމަތްތަކާ މެދުގައި ވިސްނާ ފިކުރުކުރައްވާށެވެ!"

]مفتاح دار السعادة لابن القيم (2 / 54). 

އަދުގެ ޢިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނަކު އެވެރެޖްކޮށް ނޭވާލަނީ މިނެޓަކު 12 ވަރަކަށް ފަހަރެވެ. އަދި ކަމެއް ކުރާ އިރުގައި 16 ވަރަކަށް ފަހަރެވެ. އަދި ހެލިފެލިވެ އުޅޭ އިރުގައި 20 ވަރަކަށް ފަހަރެވެ. އެހެންކަމުން 17000 އާއި 30000 އާ ދެމެދުގެ މިންވަރަކަށް އިންސާނާ ކޮންމެ ދުވަހަކުވެސް ނޭވާލާ އުޅެއެވެ. ² 

ތަޢާލާ އަޅަމެންނަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިވެރިކަމާ އަދި ފުރިހަމަކަމާއެވެ! އަޅަމެންނީ ނިޢުމަތްތަކަށް ޝުކުރުވެރިވާ ބަޔަކުކަމުގައި ލައްވާށިއެވެ!

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ 

 [2] The physics of human breathing: flow, timing, volume, and pressure parameters for normal, on-demand, and ventilator respiration by Joachim D Pleil and others, Journal of Breath Research, Volume 15, Number 4, 27 September 2021.

މިއަދު އޮންލައިން