ޤުރްއާން ނުކިޔެވޭ ދުވަސްތަކުގަ ގޭގަ ބަޤަރާ ސޫރަތް ޖެހުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޤުރްއާން ނުކިޔެވޭ ދުވަސްތަކުގަ ގޭގަ ބަޤަރާ ސޫރަތް ޖެހުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަޅުގަނޑަކީ ކުޑަ ދެ ދަރިން ގޮވައިގެން އެކަނި ދިރިއުޅޭ އަންހެނަކީމެވެ. އަޅުޣަނޑަށް ޠަހާރަތުގެ މަތީގައި އިނދެވޭނަމަ ދެއިރުވެސް ބަޤަރާ ސޫރަ ކިޔަވަމެވެ. ގިނަވެގެން 2 ދުވަހުން ސޫރަތް ކިޔަވަންވެސް މަސައްކަތްކުރަމެވެ. އަޅުގަނޑު ކިޔަވަނީ މުޞްޙަފުންނެވެ.  

އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑަށް މުޞްޙަފްގައި އަތްނުލެވޭތީ ނުކިޔެވޭ ދުވަސްތަކުގައި ގޭގައި ބަޤަރާ ސޫރަތް ޖަހާފައި ބެހެއްޓުމަކީ ކޮންކަހަލަ ކަމެއްތޯއެވެ. 

މިގޮތުން ކުރެވޭ ސުވާލުގެ ޖަވާބަކީ ގޭގައި އުޅެމުން ގޭގައި ޤުރްއާންޖަހާނަމަ ސަމާލުކަންދޭންވާނެއެވެ. ރަނގަޅަށް އަޑުއަހަންވާނެއެވެ. ޤުރްއާން ޖެހުމުގެ އެންމެ ބޮޑު ބޭނުމަކަށްވާންވާނީ އަޑުއެހުމެވެ. ބަޤަރާ ސޫރަތްކަމުގައިވީނަމަވެސް އަދި އެހެން ސޫރަތެއް ކަމުގައިވީނަމަވެސް އެކަމަށް ސަމާލުކަންދޭންވާނެއެވެ.  

ސަމާލުކަންދީގެން އަޑުއަހާނަމަ ދެން އެމީހަކު އެދޭ ކަންކަން ހިންމަވައިދެއްވަވާނެތެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން