ސަމާލުކަންދީގެން ޤުރްއާން ކިޔެވުމަކީ "އެންޒައިޓީ" ގެ މައްސަލަތަކަށް ޙައްލެއްކަމަށް ދިރާސާތަކުން ފެނިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ސަމާލުކަންދީގެން ޤުރްއާން ކިޔެވުމަކީ "އެންޒައިޓީ" ގެ މައްސަލަތަކަށް ޙައްލެއްކަމަށް ދިރާސާތަކުން ފެނިއްޖެ!

ބޮޑެތި ދިރާސާތައް ކުރުމަށްފަހު ދިރާސާކުރާ މީހުން ބުނަނީ މިފަދައިންނެވެ.  

"ހާސްކަން ކުޑަކުރުމަށް ފޮތްތަކަކީ މޮޅު އެއްޗެއް ކަމަށް ވޮޝިންޓަން ޑީސީގެ ޖޯޖްޓައުން ޔުނިވާސިޓީގެ ފެމިލީ ފިޒިޝަނެއް އަދި މެޑިސިންގެ އެސިސްޓެންޓް ޕްރޮފެސަރު ލަޓާޝާ ޕާކިންސް، އެމްޑީ ބުންޏެވެ. "ފޮތްކިޔަން ވަގުތު ނެގުމަކީ ޕޮޒިޓިވް ކަމެއް ދީގެން ސިކުނޑިއަށް ފަސޭހަ ކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށާއި ފޯކަސް ކުރަން ޔަގީންކަން ދިނުމާއި، ތިމާއަށް ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުގެ ޚިޔާލުތަކުން ސިކުނޑި ދުރުކޮށް،" ކަމެކެވެ." 

އެމީހުން އެބުނަނީ ފޮތް ކިޔުމުގެ ވާހަކައެވެ. އަހުރެން މިދިރާސާ ގުޅުވާނީ ކީރިތި ޤުރްއާން ކިޔެވުމާއިއެވެ. އިންސާނުންގެ އަމިއްލަ ވިސްނުމުން ލިޔާ ވާހަކަތަކަށްވުރެ ﷲ ތަޢާލާގެ ވަޙީ މާމަތިވެރިވީމައެވެ. އަދި ޤުރްއާނަކީ ކޮންމެ ބައްޔަކަށްވެސް ޝިފާއެއްކަމަށް ޤުރްއާނުގައި އޮތުމުންނެވެ.  

ތިމާއަށް ކުރިމަތިވެދާނެ ނޭދެވޭ ކަންކަމުގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް ފިލުވައިލަދޭނެ އެންމެ ބާރުގަދަ ވަސީލަތަކީ ޤުރްއާނެވެ. ސިކުނޑިއަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ކުޑަވެ ހިތްވަރު ލިބޭނީ ﷲ ތަޢަލާ އާއި ކުއްތަންވެވުނު ވަރަކުންނެވެ. ކީރިތި ޤުރްއާން ކިޔަވައި ތަފްސީރު ކިޔުމަކީ އެކަމަށް އޮތް އެންމެ ފަހި މަގެވެ. އެހެނީ އެކަންކުރުމުން ނަމާދުކުރުން ފަަދ އެހެން ފަރުޟްތައް އަދާކުރަންވެސް އިތުރު ހިތްވަރަކަށް ވެގެންދާނެތީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން